logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން ތަހުޒީބު މުޖުތަމައުއެއް ބިނާކުރަން މަސައްކަތްކުރާއިރު އިދިކޮޅުން އުޅެންވީ ސިޔާސީ މަންފާ ހޯދާކަށްނޫން: ހުސެން

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2025 - 14:26
‘’ސަރުކާރުން ތަހުޒީބު މުޖުތަމައުއެއް ބިނާކުރަން މަސައްކަތްކުރާއިރު  އިދިކޮޅުން  އުޅެންވީ ސިޔާސީ މަންފާ ހޯދާކަށްނޫން’’

އަދުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުޒީބު މުޖުތަމައުއެއް ބިނާކުރަން މަސައްކަތްޕުޅުކުރަށްވާއިރު އިދިކޮޅު ސިޔާސަތުގެ ބޭފުޅުން ވާހަކަދައްކަންވީ ސިޔާސީ މަންފާއަކަށް ނޫންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ވިދާޅުވެއްޖެއެވެ.

 ހުސެން މިހެން ވިދާޅުވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 އަހަރު ފުރުނުއިރު އެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ ބަހުސްގަައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ހުސެންގެ ވާހަކާގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވަކާލާތު ކުރަށްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާއިރު ވިސްނާލަންޖެހޭ ކަންކަން ހުރިކަން ހުސެން ވަނީ ފާހަގަކުރަށްވާފައެވެ.

މިގޮތުން މަޖިލީހުގެ މެމްބަރުން ދުފާ ފޯކާއި ބިލެތް ވެސް ގެންނަންޖެހެނީ އެހެން ޤައުމަކުންކަން ފާހަގަކުރަށްވައި، ރާއްޖޭގެ އުފެއްދުންތެރިކަން ހުރި ނިސްބަތަށް ފިކުރު ހިންގާލުމަށް ހުސެން ވަނީ އެދި ވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ވަޒީފާގެ ފުރުސަތު އިންތިހާ އަށް ތަނަވަސް ވެފައި އޮތް ކަމަށާއި ނަމަވެސް އެ ވަޒީފާތަކުގައި ގިނައީ ބިދޭސީންކަން އޭނާ ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުގައި ވެސް ދިވެހިންނަށް އަދާކުރެވޭނެ އެތައް ވަޒީފާއެއް ބިދޭސީން އަދާކުރަމުން އަންނަކަމަށާއި އެތައް އެކަނިވެރި މައިންނަކާއި ޒުވާނުންނެއް ވަޒީފާ ބޭނުންވެފައި ތިބިއިރު އެ ވަޒީފާތައް ލިބޭނެ އިންތިޒާމެއް ހަމަޖެއްސިއްޖެނަމަ ގައުމަށް އެތައްގޮތަކުން ފައިދާކުރާނެ ކަމަށް ގުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ކަން މިހެން އޮތްއިރު ލާމަރުކަޒީ ގާނޫނެއް ހަދައިގެން 15 އަހަރުތެރޭ 15 ފަހަރު އިސްލާހް ގެނެސްގެންވެސް ނަތީޖާ ނެރެވިފައިނުވާ ކަމަށެވެ. އަދި ނަތީޖާ ހާސިލް ނުވަނީ ކުރަންވާ ކަންކަން ތަރުތީބުން ނުކުރެވިގެންކަމަށް ހުސެން ވިދާޅުވިއެވެ.

އެކަންކަންކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުޒީބު މުޖުތަމައުއެއް ބިނާކުރަން މަސައްކަތްޕުޅުކުރަށްވާއިރު އިދިކޮޅު ސިޔާސަތުގެ ބޭފުޅުން ވާހަކަދައްކަންވީ ސިޔާސީ މަންފާއަކަށް ނޫންކަމަށް ހުސެން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 7 ގަޑިއިރު ކުރިންމި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފްޚަބަރު | 7 ގަޑިއިރު ކުރިންމުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން: ހީނާޚަބަރު | 7 ގަޑިއިރު ކުރިންސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިން