logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރައީސް މުޢިއްޒަކީ ފަލަސްތީނުގެ ހައްގުގައި މިހާތަނަށް އެންމެ މަސައްކަތްޕުޅުކުރަށްވާ ރައީސް: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2024 - 16:18
މުޢިއްޒަކީ ފަލަސްތީނުގެ ހައްގުގައި މިހާތަނަށް އެންމެ މަސައްކަތްޕުޅުކުރަށްވާ ރައީސް: މަމްދޫހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު  މުޢިއްޒަކީ ފަލަސްތީނުގެ ހައްގުގައި މިހާތަނަށް އެންމެ މަސައްކަތްޕުޅުކުރަށްވާ ރައީސްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރަށްވާ ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވަމުން މަމްދޫހް ވިދާޅުވީ، ފަލަސްތީނުގެ ލޮބުވެތި ހިތްވަރުގަދަ ރައްޔިތުންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު‬⁩ ކުރައްވަވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފަލަސްތީނުން ބަލައިގަންނަ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

''ފަލަސްތީނުގެ ހައްގުގައި، އެލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންގެ ހައްގުގައި، މިރާއްޖޭގެ އަޑު، ފަސްޖެހުމެއް، މަޑުޖެހުމެއް، ހުއްޓުމެއް، ބިރެއް ޖެހިލުމެއްނެތި، މިވަރަށް ގުގުމާލެއްވި ރަޢީސްކު އަދި ނުދެކެން'' މަމްދޫހް ވިދާޅުވެފަވެއެވެ.

ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި މި ސަރުކާރުން ކެންޑިނޭޅި ވަކާލާތުކުރަމުން އަންނައިރު، އެކަމަކީ ގިނަ ދިވެހިންވެސް ބަލައިގަނެ ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ޝުކުރުއަަދާކުރާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރަށްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރަށްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލަށްވައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންއިންތިޚާބުގައި ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ދެއްކެވީ އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއެއް: ޝިޔާމްޚަބަރު | 9 ގަޑިއިރު ކުރިންކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 20 ގަޑިއިރު ކުރިން