logo
ދުނިޔެ

ނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ"

އަޙްމަދު ޒަލީފް
17 އޯގަސްޓު 2025 - 14:07
ނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ"

އަނިޔާވެރި އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް މުޒާހަރާ ކުރާތީ ނަތަންޔާހޫ އިންތިހާއަށް ރުޅިގަދަވެއްޖެއެވެ.

އިސްރާއީލުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހަނގުރާމަ ހުއްޓާލައި، އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމަކަށް އައުމަށް ގޮވާލަމުންނެވެ. މުޒާހަރާގެ ބައިވެރިން، މަގުތަކަށް ނުކުމެ، އަޑުއުފުލަމުން އަންނައިރު، މުޒާހަރާގެ ބައިވެރި ވަނީ ބޮޑެތި ހައިވޭތަކާއި މަގުތައް ވެސް ބްލޮކްކޮށް އާންމު ދަތުރުފަތުރަށް ހުރަސް އަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހަމާސް ބަލިނުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިއަދު ގޮވާލާ މީހުން އެ ދެނީ ހަމާސްއަށް ހިތްވަރު" ނަތަންޔާހޫ ބުންޏެވެ.

ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމުގެ ގޮތުން ޔަހޫދީން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޔަހޫދީން އަމާޒު ހިފާފައި ވަނީ އެ ސަހަރުގެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކުރުމަށެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.

އިސްރާއީލުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހަނގުރާމަ ހުއްޓާލައި، އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމަކަށް އައުމަށް ގޮވާލަމުންނެވެ. މުޒާހަރާގެ ބައިވެރިން، މަގުތަކަށް ނުކުމެ، އަޑުއުފުލަމުން އަންނައިރު، މުޒާހަރާގެ ބައިވެރި ވަނީ ބޮޑެތި ހައިވޭތަކާއި މަގުތައް ވެސް ބްލޮކްކޮށް އާންމު ދަތުރުފަތުރަށް ހުރަސް އަޅާފައެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ހުއްޓުވި ހައިވޭތަކުގެ ތެރޭގައި ގުދުސް އާއި އިސްރާއީލްގެ ވެރިރަށް ތެލް އަވީވް ގުޅުވައިދޭ ހައިވޭ ހިމެނެއެވެ. އެމީހުން ހުއްޓުވުމަށް އެތައް ހާސް އިސްރާއީލްގެ ފުލުހުން ނެރެފައިވާއިރު، މި މުޒާހަރާގެ ތެރެއިން 38 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށްދުނިޔެ | 12 ދުވަސް ކުރިންނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ" ދުނިޔެ | 13 ދުވަސް ކުރިންމުޅި ޣައްޒާ ހިފުމަށް ޔަހޫދީ ފައުޖުގެ ވެރިޔާވެސް ދެކޮޅު ދުނިޔެ | 23 ދުވަސް ކުރިންޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި ދުނިޔެ | 25 ދުވަސް ކުރިން