logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށް

އަޙްމަދު ޒަލީފް
18 އޯގަސްޓު 2025 - 11:40
ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށް

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ.

މިއީ ޣައްޒާ ޤަތުލުޢާންމާ ދެކޮޅަށް އަޑު އުފުލުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބާއްވާފައިވާ އެންމެ ބިޔަ މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހަޅުތާލުކޮށް، މަދަރުސާތަކާއި ވިޔަފާރިތައް ވެސް ބަންދު ކޮށްފައެވެ. އަދި، ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ތަޅު އަޅުވާފައެވެ. އެ މުޒާހަރާތައް އިންތިޒާމު ކޮށްފައި ވަނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ޢާއިލާތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮގަސްޓު 17 ވަނަ ދުވަހު ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު މަގުތަކަށް ނިކުތެވެ.

އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައި ވަނީ ވެރިރަށް ތެލް އަވީވާއި ފޭރިގަނެފައިވާ ޤުދުސްގެ މަގުތަކަށެވެ. ތެލް އަވީވުގެ މަގުތަކަށް ބައި މިލިޔަނެއްހާ މީހުން ނިކުމެ، ނަތަންޔާހޫގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ގޮވާލިއެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ އެ ރަށް ދޫކޮށް، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ހިޖުރަ ކުރަމުންނެވެ. މިއީ، އެ މީހުންގެ ވަޒަން ދޫކޮށް ދަތުރު ކުރަން މަޖުބޫރުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ނަތަންޔާހޫ ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާއެކެވެ.

މުޒާހަރާގެ ބައިވެރިން ބުނީ، ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އަސީރުންގެ ފުރާނައަށް އިތުރަށް ނުރައްކާވަމުންދާ ކަމުގައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި 50އެއްހާ އަސީރުން ތިބި ކަމުގައި ބެލެވޭއިރު، އޭގެ ތެރެއިން ދިރިތިބި މީހުންގެ އަދަދު 20އަށް އަރާ ކަމުގައި ޔަހޫދީ ސަރުކާރުން ޤަބޫލު ކުރެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މަރުވެފައި ވަނީ ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމަކަށް ހަމަލާތައް ހުއްޓާލިފަހުންވެސް ފަލަސްތީންގެ 375 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 4 ދުވަސް ކުރިންޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އަށް، ޔަހޫދީންގެ އަނިޔާވެރިކަން އަދިވެސް ކުރިއަށް ދުނިޔެ | 7 ދުވަސް ކުރިންހުޅަނގު އައްސޭރި އިސްރާއީލުގެ މުށުތެރެއަށް ލާން ފާސްކޮށްފި ޚަބަރު | 2 މަސް ކުރިންފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 3 މަސް ކުރިން