logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދަތުރުފުޅުގައި އުކުޅަހުގައި ވެސް ތަރައްގީގެ މުހިންމު މަޝަރޫއުތަކެއް ފައްޓަވައިދެއްވި

ޝަހްޒާ މުހައްމަދު
21 އޯގަސްޓު 2025 - 06:50
ރައީސްގެ ދަތުރުފުޅުގައި އުކުޅަހުގައި ވެސް ތަރައްގީގެ މުހިންމު މަޝަރޫއުތަކެއް ފައްޓަވައިދެއްވި

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ތަރައްގީގެ މުހިންމު މަަސައްކަތްތަކެއް ރަޢިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.

އެގޮތުން ރައީސް ގެ ދަތުރުފުޅުގެ ތެރެއިން އުކުޅަހު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުކުޅަހު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ. މީގެއިތުރުން، އުކުޅަހު ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުކުޅަހުގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން 5200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުނ،ް ބިންގަނޑާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއ،ި ޓައިލްސް ޖެހުމާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއ،ި ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ފުލުހުންގެ މަރުކަޒް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަކީ މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައިވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްއިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައެވެ.

 

އުކުޅަހު ޑޮލަރު އޭޓީއެމް އަދި ބްރާންޗު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭޓީއެމް އަދި ބްރާންޗު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފައެވެ.

ޑޮލަރު އޭޓީއެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮލަރު އޭޓީއެމުން ރަމްޒީކޮށް ފައިސާ ނެންގެވިއެވެ. ބްރާންޗު އަދި އޭޓީއެމް ހުޅުއްވައިދެއްވާ އުކުޅަހު ކައުންސިލަށް ހާއްސަ ހަނދާނީ ފިލާއެއް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ހަނދާނީ ފިލާއާއި ކައުންސިލުގެ ފަރާތުން ހަވާލުވީ އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމެވެ.

އުކުޅަހުގައި ތަރައްޤީކޮށްފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. މި ބްރާންޗު މެދުވެރިކޮށް ބޭންކިންގ ހުރިހާ ޚިދުމަތެއްވެސް ލިބިގެންދާއިރު، އެރަށުގައި މިހާރުވެސް ދިވެހި ރުފިޔާގެ މުޢާމަލާތްތައް ކުރެވޭ އޭޓީއެމްއެއް ހުރެއެވެ. ރުފިޔާ އޭޓީއެމް އެކޭ އެއްގޮތަށް ޑޮލަރު އޭޓީއެމް އަކީވެސް 24 ގަޑިއިރު ފައިސާ ނެގޭ އަދި ޖަމާ ކުރެވޭ އޭޓީއެމްއެކެވެ.

އުކުޅަހުގައި ބީއެމްއެލްއިން ހުޅުވި ޑޮލަރު އޭޓީއެމްއަކީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ހުޅުވި 5 ވަނަ ރަށެވެ. މީގެ ކުރިން ކ. މާފުށި، އައްޑޫސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ އަދި ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ސަރުކާރާއި އެހީތެރިކަމާއެކު، ބީއެމްއެލްއިން ފަށާފައިވާ މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ ރަށްތަކުގައި މި ޚިދުމަތް ޤާއިމްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންރޭގަނޑު 12ގެ ފަހުން އުޅޭ ބިދޭސީންނާއި ސުވާލުކޮށް، ފިޔަވަޅު އަޅަން ރައީސް އަންގަވައިފިޚަބަރު | 2 ގަޑިއިރު ކުރިންކޮންމެ ކަމެއްވެސް ނިޒާމުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފިޚަބަރު | 10 ގަޑިއިރު ކުރިން4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދޭނަން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން