logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއް

އާމިނަތު ޝަފާ
22 އޯގަސްޓު 2025 - 12:13
މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއް

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރުމަށް އޮކްޓޯބަރުމަހު އިތުރު 3 ޑްރެޖަރު ބޭނުންކުރަން ނިންމާފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްްޑީސީ) ން ހާމަކޮށްފިއެވެ.

އެޗްޑީސީންބުނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ވައުދުފުޅާ ގުޅިފައިވާ ހުޅުމާލެ ފޭސް 3، ގުޅީފަޅު، ތިލަފުށި އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް މާލެ ސަރަހައްދުގައި ކުރިއަށްދާއިރު ބިންތައް ހިއްކުމުގެ މަޝްރޫޢުތައް ހަލުއިކުރުމަށްޓަކައި މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި 45,000 ޓަނުގެ 2 ހޮޕަރ ޑްރެޖަރއާއި، 11,000 ޓަނުގެ ހޮޕަރ ޑްރެޖަރއެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


އަދި މި މަސައްކަތްތައް ހުއްޓުމެއްނެތި ވީހާވެސް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އެޗްޑީސީން މަސައްކަތްކުރަމުން އަންނައިރު ރަސްމާލެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް އިން ބިން ހިއްކުމުގެ މަސައްކަތް ވަނީ އިއްޔެ ރަސްމީކޮށް ފަށާފައެވެ.

ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގަމުންގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ. އެގޮތުން، ފުށިދިއްގަރު ފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިންހިއްކަން ނިންމައި، މިހާތަނަށް 129.60 ހެކްޓަރު ބިން ވަނީ ހިއްކައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރަން އިތުރު ޑްރެޖަރުތަކެއްޚަބަރު | މަހެއް ކުރިންރަސްމާލެ ސައިޓް ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި ޚަބަރު | މަހެއް ކުރިންސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްމަޤާމްތަކަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ޑްރޯން ޝޯ އާއި ހަވާ އެރުވުންޚަބަރު | 6 މަސް ކުރިން