ހިޔާގެ ކޮމާޝަލް ސަރަހައްދުން ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ހުޅުވާލައިފި
10 ޖޫން 2026 - 05:37

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ މަޝްރޫޢުގެ ކޮމާޝަލް އޭރިއާއިން ވިޔަފާރި ބޭނުންތަކަށް ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ:
ހިޔާ 12 ވަނަ ޓަވަރުގެ ބިމު ފަންގިފިލާއިން 546.27 އަކަފޫޓުގެ ޔުނިޓެއް.
ހިޔާ 10 ވަނަ ޓަވަރުގެ ބިމު ފަންގިފިލާއިން 554.66 އަކަފޫޓުގެ ޔުނިޓެއް.
މި ޔުނިޓުތަކަކީ އެ ސަރަހައްދުގައި އާބާދުވެފައިވާ ރައްޔިތުންނަށް ބޭނުންވާ އެކި ބާވަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ދޫކުރާ ތަންތަނެވެ.

Ad by Hajj Corporation
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މިކަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ޕްރޮޕޯސަލް މީޓިންގ) އޮންނާނީ 14 ޖޫން 2026 ގައި ޒޫމް މެދުވެރިކޮށެވެ. މީގެ އިތުރުން، ބީލަމާ ގުޅޭގޮތުން އުފެދޭ އެއްވެސް ސުވާލެއްވާނަމަ، 17 ޖޫން 2026 ގެ ކުރިން އެ ކޯޕަރޭޝަނުގެ އީމެއިލް sales@hdc.mv އަށް ފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ.


