logo
MPL

MPL

ޚަބަރު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޯގަސްޓު 2025 - 06:49
ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ޝަރަފު އެރުވުމަށް ނިންމެވި ސަބަބުގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކުރައްވާފައިވަނީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވާފައިވާ މުހިންމު ދައުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުތީމު ގަނޑުވަރަކީ 500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަރިކައެއް ކަމަށްވެފައި، މި ތާރީޚީ ތަރިކަ ބެލެހެއްޓުމުގައި އުތީމު ރައްޔިތުން ދެއްވާފައިވާ އަހައްމިއްޔަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މި ޝަރަފު އެރުވުމަށް ރައީސްުލްޖުމްހޫރިއްޔާ ނިންމެވީކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ޤައުމީ ދުވަހުގެ ރަސްމިއްޔާތު

މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު 10:00 ގައި ހއ. އުތީމުގައި ބޭއްވޭ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް އޮންނާނެއެވެ.

މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާނީ 3 ބޭފުޅުންނަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވޭނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ މި އިނާމުތަކަށް ބޭފުޅުން ހޮވާފައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން