logo
ކުޅިވަރު

ރޮނާލްޑޯ އެކަނި ޖަމަލެއް އުފުލާލުމަކީ އުނދަގޫކަމެއް: ނަޞްރު އަނެއްކާވެސް އަނެއް ފައިނަލުން ބަލި

އަބްދުﷲ ޣާނިމް
23 އޯގަސްޓު 2025 - 15:42
ރޮނާލްޑޯ އެކަނި ޖަމަލެއް އުފުލާލުމަކީ އުނދަގޫކަމެއް: ނަޞްރު އަނެއްކާވެސް އަނެއް ފައިނަލުން ބަލި

2025 ވަނަ އަހަރުގެ ސައުދީ ސުޕަރ ކަޕްގެ ފައިނަލްގައި އަލް ނަސްރާއި އަލް އަހުލީ ވާދަކުރި މެޗުގައި، ދެ ޓީމުން ވެސް ޗެމްޕިއަންކަން ހޯދުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ނަމަވެސް، މި މެޗުން އަލް އަހްލީ މޮޅުވެއްޖެއެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ މީގެ ތިން އަހަރު ކުރިން އަލް ނަސްރަށް ސޮއިކުރުމަށްފަހު، އެކުލަބުގައި މައިގަނޑު އެއްވެސް ތަށްޓެއް މިހާތަނަށް ލިބިފައިނުވާއިރު، ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.

މީގެ ތިން އަހަރުކުރިން އަލް ނަސްރާއި ގުޅުނު ފަހުން، ރޮނާލްޑޯގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ އެ ޓީމާއެކު މުހިންމު ޗެމްޕިއަންޝިޕެއް ހޯދުމެވެ. ނަމަވެސް ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާއި އަލް ހިލާލްގެ ފަހަތުގައި ޖެހި، އެހެން ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް އެ ޓީމަށް ކާމިޔާބީއެއް ލިބޭގޮތެއް ވަނީ ނުވެފައެވެ. ރޮނާލްޑޯ އަލް ނަޞްރަށް ގުޅުނު ފަހުން ކޮންމެ އަހަރުވެސް ލީގުގެ ޓޮޕް ސްކޯރާގެ މަޤާމް ހޯދިނަމަވެސް، ޓީމަށް ސަޢޫދީގައި އަދި އޭޝިއަން ޗެންޕިއަންސް ލީގުގައި ކަންކަން ދިމާވެފައިވަނީ ވަރަށްވެސް ހިތްދަތިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައުދީ އަރަބިއާގައި ހޭދަކުރި ދެއަހަރާއި ދެބައި އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ތިން ފައިނަލަކަށް ގޮސްފައެވެ. އެހެންނަމަވެސް މި ތިން ފައިނަލުން ވެސް ބަލިވެފައިވެއެވެ. 2023-24 ވަނަ އަހަރުގެ ކިންގްސް ކަޕާއި 2024 ވަނަ އަހަރުގެ ސައުދީ ސުޕަރ ކަޕްގައި އަލް ހިލާލުން މޮޅުވެފައިވާއިރު، 2025 ވަނަ އަހަރުގެ ސައުދީ ސުޕަރ ކަޕްގެ ފައިނަލުން އަލް އަހުލީން ވަނީ މޮޅުވެފައެވެ.
މިހުރިހާ ކަންކަމާހުރެ މިހާރު 40 އަހަރުވެފައިވާ ރޮނާލްޑޯ އަށް އަލް ނަޞްރުގައި އިންޑިވިޖުއަލީ ކިތަންމެ މޮޅުކުޅުމެއް ކުޅުނުނަމަވެސް، މިއުމުރުގައި ރޮނާލްޑޯގެ އަމިއްލަ މަސައްކަތުން އަލް ނަޞްރަށް ތަށްޓެއް ހޯދުމަކީ ވަރަށް އުނދަގޫކަމެކެވެ. އަލް ނަޞްރާއެކު ރޮނާލްޑޯ އައު އެގްރީމަންޓެއްގައި މިދިޔަ ޖޫން މަހުގައި ސޮއިކޮށްފައިވާއިރު، އަލް ނަޞްރުގެ ޓީމު ވަރުގަދަ ކުރުމަށް އޭގެފަހުން ވަނީ ކޯމަން އާއި ފީލިކްސް ގެ އިތުރުން ބާސެލޯނާގެ ޑިފެންޑަރ އިނީގޯ މާޓީނޭޒްވެސް ގެނެސްފައެވެ. އެހެންނަމަވެސް ދަނޑުމަތިން އަދިވެސް ރޮނާލްޑޯގެ ނަސީބު ބަދަލުވާތަނެއް ނުފެނެއެވެ.

ރޮނާލްޑޯގެ އެންމެ ފަހު ކުލަބު ޗެމްޕިއަންކަން

ރޮނާލްޑޯއަށް އެންމެ ފަހުން ކުލަބު ފެންވަރުގެ ޗެމްޕިއަންކަމެއް ލިބިފައިވަނީ 4 އަހަރަށްވުރެ ގިނަ ދުވަސްކުރިން، 2021 ވަނަ އަހަރުގެ މެއި މަހުގައެވެ. އެއީ ޔުވެންޓަސްއާއެކު ކޮޕާ އިޓާލިއާ 2020-21 ގެ ފައިނަލުން އެޓަލާންޓާ ބަލިކޮށް ހޯދި ޗެމްޕިއަންކަމެވެ. އޭގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކާއި މިހާރު އަލް ނަސްރުގައި ހޭދަކުރަމުންދާ ދުވަސްތަކުގައި އޭނާއަށް އަދިވެސް ރަސްމީ ކުލަބު ޗެމްޕިއަންކަމެއް ނުލިބެއެވެ.

އެހެންނަމަވެސް، މި މުއްދަތުގައި ޕޯޗުގަލްގެ ގައުމީ ޓީމާއެކު ރޮނާލްޑޯއަށް ވަނީ ކާމިޔާބީތަކެއް ހޯދިފައެވެ. މި އަހަރުގެ ކުރީކޮޅު، 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ބަލިކޮށް ޕޯޗުގަލްއިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ޕޯޗުގަލްއާއި ރޮނާލްޑޯއަށް ގައުމީ ފެންވަރުގައި ލިބުނު ތިންވަނަ މުހިންމު ޗެމްޕިއަންކަމެވެ. އަދި 2021 އިން ފެށިގެން އޭނާއަށް ލިބުނު ހަމައެކަނި ޗެމްޕިއަންކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮނާލްޑޯ އެކަނި ޖަމަލެއް އުފުލާލުމަކީ އުނދަގޫކަމެއް: ނަޞްރު އަނެއްކާވެސް އަނެއް ފައިނަލުން ބަލިކުޅިވަރު | 11 ދުވަސް ކުރިންރޮނާލްޑޯގެ އަލް-ނަސްރާއެކު ސަޢޫދީގެ 4 ޓީމު ވިއްކާލަނީ! ދެން އަގުބޮޑުކޮށް ބިލިޔަނުން މީހުން ނުގެނެވޭނެކުޅިވަރު | 12 ދުވަސް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | 20 ދުވަސް ކުރިންބަޔާން ގެ ކޯމަން އަލް ނަޞްރަށްކުޅިވަރު | 23 ދުވަސް ކުރިން