logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ނުހާ އަޙްމަދު
24 އޯގަސްޓު 2025 - 05:33
ފޮޓޯ--// ރައީސް އޮފީސް
ފޮޓޯ--// ރައީސް އޮފީސް

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންފިއެވެ.

މި އަހަރާއި އަންނަ އަހަރު، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ ހަކަރާތްތައް އުތީމުގައި ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އުތީމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ގައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ގޮތުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު، ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ، އެ މަނިކުފާނު އަޅުއްވައިދެއްވާނެއެވެ. އަދި އެއަށްފަހު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އަރުވާނެއެވެ. އަދި ދިވެހި ދައުލަތުގެ އިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެއްވުންވެސް މި ޖަލްސާގައި ކުރިއަށްގެންދަވާނެއެވެ.

އުތީމަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައިޚް އިސްމާއީލް އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފިޚަބަރު | 6 ގަޑިއިރު ކުރިން''އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ކޮޅަށް ޖެހުމަށް''ޚަބަރު | 21 ގަޑިއިރު ކުރިންމަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި، މަހުގެ އަގު 20 ރުފިޔާގައި ހިފަހައްޓަވާނެކަމަށް ރައީސް ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިންމަސްވެރިކަމުގެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ހާމަކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން