logo
MPL

MPL

ޚަބަރު

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު ބިނާކުރަން އެޗްޑީސީއަށް

އާމިނަތު ޝަފާ
24 އޯގަސްޓު 2025 - 12:16
ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު ބިނާކުރަން އެޗްޑީސީއަށް

ހދ.ހަނިމާދޫއަށް ހިޖުރަކުރާ އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން - އެޗްޑީސީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަބްދުﷲ ޒުހައިރެވެ. 

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ހދ.ހަނިމާދޫއަށް ހިޖުރަކުރާ އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ޙާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި މުނިސިޕަލްގެ ހިދުމަތްތައް ގާއިމުކުރުމުގެ ކަންކަން ކުރެވިގެންދާނެއެވެ.

އާބާދީ ކުޑަވުމުގެ ސަބަބުން ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދުނީ ހުސްވި އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

ރައްޔިތުންގެ މި އެދުމަށް އިޖާބަދީ ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓް އެކުލަވައިލާ، ޢަމަލީ މަސައްކަތް ފެށުމަށް އެ ރައްޔިތުން ހަނިމާދޫގައި ވަޒަންވެރިވެ ދިރިއުޅުމަށް ހާއްސަ ބިމެއް ވަނީ ކަނޑައަޅައިފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބު ދައްކާ ގޮތުން ހިރިމަރަދޫގެ އާބާދީއަކީ 293 އެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަކީ، އެއްފަސްކުރުމުގެ ސިޔާސަތުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިން