logo
MPL

MPL

ޚަބަރު

އަމާޒަކީ ލަސްވެގެން ނޮވެމްބަރު މަހު ހަނިމާދޫ އެއަރޕޯޓު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޯގަސްޓު 2025 - 19:41
ހަނިމާދޫ ކައުންސިލް މެމްބަރުން ރައީސަށް މަރުޙަބާ ދަންނަވަނީ، ފޮޓޯ: ރައީސް އޮފޯސް
ހަނިމާދޫ ކައުންސިލް މެމްބަރުން ރައީސަށް މަރުޙަބާ ދަންނަވަނީ، ފޮޓޯ: ރައީސް އޮފޯސް

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ލަސްވެގެން ނޮވެމްބަރު މަހު، އެ ވައިގެބަނދަރު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ ވައިގެބަނދަރު ބައިނަލްއަޤުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ލޯކަލް ޓޫރިޒަމަށް މަގުފަހިކުރުމުގެ ގޮތުން އެއަރޕޯޓުން ބޭރުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމާއި، ބީއެމްއެލް އަދި އެމްއައިބީގެ ރުފިޔާ އޭޓީއެމްތައްވެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ހަނިމާދޫގައި 500 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު އެޗްޑީސީއާ ހަވާލުކުރެވޭނެއެވެ. އަދި ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެއެވެ.

މީގެއިތުރުން، ހަނިމާދޫގައި ފުލުހުންގެ މަރުކަޒެއް، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އަދި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފެށޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައިވެސް މިރޭ ވަނީ ސޮއިކުރެވިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ ސިޔާސަތުތައް ބައްޓަންކުރަނީ ފެކްޓް ބޭސްޑްކޮށް، ދިރާސާތަކަށްފަހު: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން އިހުތިރާމް ކުރުމުގެ ރޫހު ވަނީ ނެތިފައި، އެއް ނިޔަތެއްގައި އިސްލާހު ކުރަން އުޅެފިއްޔާ މިއީ އުނދަގޫ ކަމެއް ނޫން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންއިސްލާމްއާބާދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 10 ގަޑިއިރު ކުރިން