logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 ކުޅުންތެރިންނާއެކު ކުޅުނު ނިއުކާސަލް އަތުން ފަހުގަޑީގައި ލިވަޕޫލަށް މުހިންމު ތިން ޕޮއިންޓް

އަބްދުﷲ ޣާނިމް
26 އޯގަސްޓު 2025 - 03:17
ގުމޯހާ ލަނޑަށްފަހު އުފާފާޅުކުރަނީ
ގުމޯހާ ލަނޑަށްފަހު އުފާފާޅުކުރަނީ

ޕްރިމިއަރ ލީގުގެ ތާރީޚުގައި އާ ރެކޯޑެއް ރޭ ހަދައިފިއެވެ. އެއީ ލިވަޕޫލްގެ 16 އަހަރުގެ ކުޅުންތެރިއެއް ކަމަށްވާ ރިއޯ ގުމޯހާ އޭނާގެ ފުރަތަމަ މެޗުގައި 100 ވަނަ މިނެޓުގައި ޖެހި ލަނޑަކުން ލިވަޕޫލަށް 3-2 އިން ނިއުކާސްލް ޔުނައިޓެޑް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރުމެވެ.

ވަރަށް ވާދަވެރި އަދިފޯރިގަދަ މެޗެއްގެ ގޮތުގައި ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލް ލީޑުނެގީ 35 ވަނަ މިނެޓުގައި ރަޔަން ގްރެވެންބާރޗް ޖެހި ލަނޑަކުންނެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ނިއުކާސްލްގެ އެންތޯނީ ގޯޑަން ވެންޑައިކް އަށްކުރި ފައުލަކާއި ގުޅިގެން ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު ނިއުކާސަލް އިން ދެވަނަ ހާފު އެއްކޮށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިތާނާހެން ލިވަޕޫލްގެ ހިއުގޯ އެކިޓިކޭ ޖެހި ލަނޑަކުން ލިވަޕޫލް 2 ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނިއުކާސަލް މެޗުގެ 57 ވަނަ މިނެޓުގައި ގޯލުޖަހައި މެޗުގެ ތެރެއަށް އަނބުރާ ވަދެގަތެވެ. މިގޯލް ކާމިޔާބުކޮށްދިނީ ގިމަރައީސް އެވެ. އަދި މެޗުގެ ފަހހު ވަގުތުގައި 88 ވަނަ މިނެޓުގައި ވިލިއަމް އޮސުލާ ޖެހި ލަނޑުން މުޅި ދަނޑު ކެކިގަތެވެ. އެކަކު މަދުކޮށް ޗެންޕިއަން ލިވަޕޫލާއި ދެކޮޅަށް ޕޮއިންޓެއް ލިބުނު ކަމަށް ޔަޤީންކޮށްގެމް ތިބި ނިއުކާސަލް އަށް މެޗުގެ އިތުރު ވަގުތުގައި އިތުރު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނެވެ.

96 ވަނަ މިނެޓުގައި ކުޅެން ނިކުމެ، 100 ވަނަ މިނެޓުގައި ގުމޯހާ ޖެހި ފުރިހަމަ ލަނޑަކުން ލިވަޕޫލަށް މެޗް ކާމިޔާބުކުރެވުނެވެ. މި ލަނޑާއެކު ގުމޯހާ ވެގެންދިޔައީ ލިވަޕޫލްގެ ތާރީޚުގައި ޕްރިމިއަރ ލީގުގައި ލަނޑު ޖެހި އެންމެ ހަގު އުމުރުގެ ކުޅުންތެރިޔާ އަށެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ޓޮޓެންހަމް އަދި އާސެނަލް އާއެކު 6 ޕޮއިންޓާއެކު އެއް ހަމައެއްގައެވެ. އަދި ނިއުކާސްލް ވަނީ 2 މެޗުން އެއްވެސް މޮޅެއް ނުލިބި 15 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގު ޗެންޕިއަން ޓީމަށް ހިތިގޮތަކަށް ހިތިފަތު ފެން ބޯންދީފިކުޅިވަރު | 16 ދުވަސް ކުރިންފަހުވަގުތު ގޯލުޖަހަމުން މޮޅުވަމުން އައި ލިވަޕޫލް ފަހުވަގުތު ސައިޒަށް ކަނޑާލައިފިކުޅިވަރު | 19 ދުވަސް ކުރިންވެންޑައިކްގެ ގޯލާއެކު ފަހުވަގުތު ލިވަޕޫލް އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފިކުޅިވަރު | މަހެއް ކުރިންއެއް ސީޒަނެއްގައި ދެފަހަރަށް ޓްރާންސްފާ ރެކޯޑް މުގުރާލައި އިސާކް ލިވަޕޫލަށްކުޅިވަރު | މަހެއް ކުރިން