logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މަކުނުދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް

ޝަހްޒާ މުހައްމަދު
26 އޯގަސްޓު 2025 - 07:14
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މަކުނުދޫގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަކުނުދޫއަށް ވަޑައިގެން އެރަށުގެ ތަރައްގީގެ ގިނަ މަޝަރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މަކުނުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަކުނުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މީގެ އިތުރުން، މަކުނުދޫގައި ވަނީ ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. މި ޚިދުމަތް ވެސް ފައްޓަވައިދެއްވީ ރައީސްގެ ތުރުފުޅުގެ ތެރެއިންނެވެ.

މަކުނުދޫގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި މި ޚިދުމަތް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަނީ ފަށާފައެވެ.

ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސްގެ ދަތުރުފުޅުގެ ތެރެއިން މަކުނުދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ އެރަށުގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒު ތަރައްޤީ ވެގެންދާނީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. 

 

މީގެ އިތުރުން، މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޘީމްއެވެ.

މި މަޝްރޫޢުއާ ގުޅެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މަގު ހެދުމުގެ މަޝްރޫޢަކީވެސް ރަށަށް އަސާސީކަމެއްކަމަށެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަކުނުދޫ އަކީ ރައީސް ވަޑައިގެންނެވި އަށްވަަނަ ރަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ހުށަހަޅާ ކަންކަން ބައްލަވައި, އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިން ގެއްލުމުން އަރައިގަންނަން 7 ބިލިއަން ޑޮލަރު ބޭނުންވާނެ، އެންމެ ބޮޑު އަދަދެއްގެ އެހީއެއްވި ގައުމަކަށް ރާއްޖެޚަބަރު | 11 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ މިރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ!ޚަބަރު | 20 ގަޑިއިރު ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން