logo
Bank of Maldives

Bank of Maldives

ޚަބަރު

ކޯޓުތަކުގެ މަސައްކަތް ހަލުވި ކުރުމަށް އައިސީއެމްއެސް އިފްތިތާޙުކޮށްފި

އަޙްމަދު ޒަލީފް
26 އޯގަސްޓު 2025 - 13:03
ކޯޓުތަކުގެ މަސައްކަތް ހަލުވި ކުރުމަށް އައިސީއެމްއެސް އިފްތިތާޙުކޮށްފި

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށްޓަކައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް (އައިސީއެމްއެސް) އިފްތިތާހުކޮށްފިއެވެ.

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. މި ނިޒާމު އުފެއްދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިންނެވެ. މި ނިޒާމު އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިމިވަނީ ކްރިމިނަލް ކޯޓުގައެވެ.

މި ސިސްޓަމްއާ ގުޅޭގޮތުން ޑީޖޭއޭއިން ވިދާޅުވީ މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަޞައްވުރުކަމުގައިވާ "ދިވެހިރާއްޖެ 2.0"ގެ ތަޞައްވުރަށް ވާޞިލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް ކަމަށާއި، މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް އިފްތިތާޙުކޮށްފައިވާއިރު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މީގެކުރިންވެސް ވަނީ ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯޓުތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށްފިނަމަ، ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ކޭސް މެނޭޖްމެންޓް ސިސްޓަމް ފަރުމާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ އިންޓަރގްރޭޓް ކޮށްގެންނެވެ. މި ނިޒާމު މެދުވެރިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރު އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެއެވެ. މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭޚަބަރު | 5 ގަޑިއިރު ކުރިންކޯޓުތަކުގެ މަސައްކަތް ހަލުވި ކުރުމަށް އައިސީއެމްއެސް އިފްތިތާޙުކޮށްފި ޚަބަރު | 7 މަސް ކުރިންޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ ޚަބަރު | އަހަރެއް ކުރިންރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު ބާއްވަނީ ޚަބަރު | އަހަރެއް ކުރިން