logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމް ކުރައްވައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
23 އޯގަސްޓު 2024 - 13:53
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" މިއަދު ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިކަން އިޢުލާނުކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ރައީސް އޮފީހުން ނެރުއްވި ދެންނެވެމުގައިވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ މިއަދު ގާއިމްކޮށްފައިވާއިރު، އަލަށް އަމަލުކުރަންފެށި ޤާނޫނާއެކު އެމްއެފްޑީއޭއަށް ގިނަ ބާރުތަކެއްވެސް ލިބިދެއެވެ.

އެގޮތުން ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ގުދަންކުރާ ތަންތަން ބަލައި ފާސްކުރުމާއި، މިންގަނޑަށް ނުހުންނަ ތަންތަނަށް ފިޔަވަޅު އެޅުމުގެ ބާރުގެ އިތުރުން ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭ ނިޒާމެއް ޤާއިމުކުރުމުގެ ބާރުވެސް އެއިދާރާއަށް ލިބިދެއެވެ.

މިއަދު އަމަލުކުރަން ފަށާފައިވާ އެ ގާނޫނުގައިވާ ގޮތުން ވިޔަފާރީގެ ގޮތުގައި ބަލާނީ ކާާބޯތަކެތި އުފެއްދުމާއ،ި ތައްޔާރުކުރުމާއ،ި ވިއްކުމާއ،ި އިމްޕޯޓުކުރުމާއ،ި އެކްސްޕޯޓުކުރުމާއ،ި ރައްކާކުރުމާއި، ފޯރުކޮށްދިނުމާ، ބަންދުކުރުމުގެ އިތުރުން ކާބޯތަކެތި ހަދިޔާކުރުމެވެ.

ގާނޫނުގައިވާ ގޮތުން ރަޖިސްޓްރީނުކޮށް އެ ވިޔަފާރިކުރާ ކޮންމެ ފަރާތެއްގެ އަދަބަކ،ީ ކުޑަބޮޑުމިނަށް ބަލައ،ި 10,000ރ އާއި 500,000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ.

އަދި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ނުވަތަ ބާތިލުކޮށްފައިވަނިކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީވެސް ކުށެއް ކަމަށް އެ ގާނޫނުގަައި ވަނީ ބުނެފައެވެ. އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10،000ރ އާއި 1،000،000ރ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | މަހެއް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | މަހެއް ކުރިންބޯފެނާއި ލުއި ބުއިންތައް ހުސްކުރި ފުޅިތަކުގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފިޚަބަރު | 2 މަސް ކުރިންމިއަަހަރުގެ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑި ހާމަކޮށްފިޚަބަރު | 2 މަސް ކުރިން