logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިނބީގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

އައިމިނަތު މޫސާ
27 އޯގަސްޓު 2025 - 05:23
 ކުރިނބީގައި ހަދާ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ކުރިނބީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ކުރިނބީ ފިޓްނަސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އަދި ކުރިނބީގެ ކައުންސިލުގެ ރައީސް އަބްދުالله އަސްލަމް އެވެ.

ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވާއިރު، ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރިނބީ ފުޓްބޯޅަ ދަނޑު ހެދުމަކީ ކުރަން ނިންމާފައިވާ މަސައްކަތެއް ކަަމަށާއި ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ކުޅިވަރުގެ ދާއިރާއިން ބަލާއިރު ފުރިހަމަކޮށްދޭން ބޭނުންވާ ކަންކަން ކުރިނބީގައި އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެރަށު ފުޓްބޯޅަ ދަނޑު ފުރިހަމަ ކުރެވިގެންދާނީ ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކާއި އެކީގައި ކަމަށެވެ.

އޭގެ އިތުރުން މިހާރު ބޭނުން ކުރާ ފުޓްސަލް ދަނޑު ހަލާކުވެފައި އޮތުމުން އެ ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް މިއަހަރުތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިނބީގައިވެސް ހޭންޑްބޯޅަ ކޯޓެއް އަޅަން ނިންމާފައިވާކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މި އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިނބީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފި ޚަބަރު | 8 ގަޑިއިރު ކުރިންމިއަަހަރުގެ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑި ހާމަކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ ޚަބަރު | 20 ގަޑިއިރު ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 2 ދުވަސް ކުރިން