logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ހާމަކޮށްދެއްވީ ބިލު ތަސްދީގުކުރައްވާނީ ރައްޔިތުންނަށް އެންމެ ލާބަހުރިގޮތަށްކަން: މެމްބަރު ފަލާޙް

ޢައްފާން މުޙައްމަދު
27 އޯގަސްޓު 2025 - 06:20
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ފަލާޙް--- ފޮޓޯ/ މަޖިލިސް
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ފަލާޙް--- ފޮޓޯ/ މަޖިލިސް

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުނުކުރައްވައި، ބިލާ މެދު ވިސްނުމަށް އެދި ރައީސް އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމުން އެނގި ހާމަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަކީ، ކަންކަން ކުރެއްވުމުގައި ވަރަށް މާތް މަގްސަދަކާއި ނިޔަތެއް ގެންގުޅުއްވާ ބޭފުޅެއްކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މި ބިލުގައި، އިތުރަށް ފުރިހަމަކުރަން ބޭނުންވާ ބައެއް ކަންކަން ހުރިކަމާއި، ދާއިރާގެ ތަޖުރިބާކާރުންގެ ބައެއް ހިޔާލުތައް ހުރީތީވެ އަލުން ބިލާމެދު ވިސްނުމަށް ރައީސް މި ބިލު މަޖިލީހަށް ފޮނުވާލެއްވުމާއެކު، މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލަށް ގެންނަންޖެހޭ އިތުރު އިސްލާޙުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށްޓަކައި ކަމާ ގުޅުންހުރި ކޮމިޓީއަށް ބިލު އަނބުރާ ފޮނުވާލުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހުށަހެޅުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވަނީ ތާއީދު ކުރައްވާފައެވެ.

ރައީސްގެ ނިންމުމަށް ތައުރީފުކުރައްވައި ފަލާޙް ވިދާޅުވީ، މިކަމުން ދައްކައިދެނީ މި ސަރުކާރަކީ، ހާއްސަގޮތެއްގައި ރައީސް ޑރ. މުއިއްޒުއަކީ، ކަންކަން ރަނގަޅުކުރުމުގެ ވަރަށް ހެޔޮ ނިޔަތް އޮތް، ވަރަށް މާތް މަޤްސަދު އޮތް ވެރިއެއްކަން ކަމަށެވެ.

މަޖިލީހުން ފޮނުވާހާ ގޮތަކަށް ރައީސް ބިލު ތަސްދީގުނުކުރައްވާނެކަން މިކަމުން ހާމަވާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މީގެއިން މި ދައްކައިދެނީ، އަޅުގަނޑުމެންގެ މި ސަރުކާރަކީ، ހާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަކީ، ކަންކަން ރަނގަޅު ކުރެއްވުމުގެ ވަރަށް ހެޔޮ ނިޔަތް، ވަރަށް މާތް މަޤްސަދު އޮތް ވެރިއެއްކަން. އަޅުގަނޑުމެން މި މަޖިލީހުން އަދި ފޮނުވާ ބިލެއްގައި، ފޮނުވާހާ ގޮތަކަށް އެމަނިކުފާނު ތަސްދީގުނުކުރައްވާނެކަން. އެކަމެއް އެންމެ ފުރިހަމަކޮށްފައި އެކަމެއް އޮންނަ އެންމެ ރަނގަޅަކަށް ކޮންމެ ކަމެއް ވެސް ކުރައްވާނެކަން - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ފަލާޙް

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލައްވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މި ބިލަކީ، މި މަހުގެ ހަވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 14 މިނިޓު ކުރިންރައީސް، ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންފުވައްމުލަކުން ރައީސުލްޖުމްހޫރިއްޔާ އަށް ހޫނު މަރުހަބާއެއްޚަބަރު | 5 ގަޑިއިރު ކުރިން