logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިން އެކްރެޑިޓްކުރާނެ އައު އުސޫލެއް އެކުލަވާލައިފި

ޢައްފާން މުޙައްމަދު
31 އޯގަސްޓު 2025 - 06:59
ރައީސް އޮފީސް ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ހެދި ނޫސްވެރިންގެ ފެންޑާ ރަސްމީކޮށް ހުޅުވުމަށް ފަހު ނޫސްވެރިން، ރައީސް އާއެކު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އޮފީސް ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ހެދި ނޫސްވެރިންގެ ފެންޑާ ރަސްމީކޮށް ހުޅުވުމަށް ފަހު ނޫސްވެރިން، ރައީސް އާއެކު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކުރާނެ އައު އުސޫލެއް، ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޯޑްކޮމް) އިން އެކުލަވާލައިފިއެވެ.

ބްރޯޑްކޮމް އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއީ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ "ނޫސްވެރިން އެކްރެޑިޓް ކުރުމާބެހޭ އުސޫލެއް" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އުސޫލުގެ މަގްސަދަކީ،ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޢުލީމާއި ތަޖްރިބާ ކަނޑައެޅުން ކަމަށެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރުމުގެ އިތުރުން ބްރޯޑްކާސްޓިން ސްޓޭޝަން ތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުމާއި ލައިސެންސްގެ ޝަރުތެއް ކަމުގައި ކަނޑައެޅުމަކީ ވެސް މި އުސޫލުގެ މަގްސަދެއްކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

މި އުސޫލުގެ ދަށުން "ޕްރެސް ފާސް" ދޫކުރާނީ:

  1. އެޑިޓަރުން (ކޮންޓެންޓަށް ޒިންމާވާ އެންމެ އިސް ފަރާތް)
  2. ރިޕޯޓަރުން / ޖަރނަލިޓުން
  3. ޕްރެޒެންޓަރުން
  4. ލިޔުންތެރިން
  5. ކޮލަމިސްޓުން
  6. ފޮޓޯ ޖަރނަލިސްޓުން / ފޮޓޯގްރާފަރުން
  7. ވީޑިއޯ ޖަރނަލިސްޓުން / ވީޑިއޯގްރާފަރުން

އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތްތަކުން، ބްރޯޑްކާސްޓިން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން އެމްކިއުއޭ ލެވެލް ތިިނެއް ފުރިހަމަކޮށްފައިވުން ނުވަތަ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

އެކްރެޑިޓްކޮށް ކާޑު ދޫކުރެވޭނީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުން، ޤުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުން، ހަލަބޮލި ހާލަތުތައް ކަވަރުކުރުން އަދި އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންތަކާ ގުޅޭ ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށެވެ. މި ތަމްރީނުގެ ފީއަކީ 100 ރުފިޔާ ކަމަށް ވެއެވެ.

އެކްރެޑިޓެޑް ޕްރެސް ފާސްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ކާޑު އައުކުރުމަށް އެދި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އުސޫލުގައިވެއެވެ.

ކާޑު ބާތިލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވުން، ތަކުރާރުކޮށް އިސްލާހުކުރަން އެންގުމަށްފަހު ވެސް އިސްލާހުނުކުރުން، ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުން، ނުވަތަ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ހިންގުން ހިމެނެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، އުސޫލު ކޮމިޝަނުގެ ވެބްސައިޓުގައި ޝާޢިއުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ފަހުން ކަމަށް ވެއެވެ.

މިހާރު ވެސް ބްރޯޑްކޮމުން ނޫސްވެރިންނަށް ފާސް ދޫކުރެއެވެ. އަދި މީޑިއާ ކައުންސިލުން ވެސް ފާސް ދޫކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 4 ދުވަސް ކުރިންނޫސްވެރިން އެކްރެޑިޓްކުރާނެ އައު އުސޫލެއް އެކުލަވާލައިފިޚަބަރު | 17 ދުވަސް ކުރިން''މިއީ ނުފޫޒުން ސަލާމަތްކޮށްދޭނެ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް''ރިޕޯޓް | 19 ދުވަސް ކުރިންކިޔާށެވެ. ލިޔާށެވެ. އަނެކާގެ އަބުރެއް އޮތްކަން ވެސް ދަންނާށެވެ!ރިޕޯޓް | 19 ދުވަސް ކުރިން