logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ވަސީލަތްތައް އެބަހުރި: ރައީސް

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
25 ސެޕްޓެމްބަރު 2024 - 15:43
ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ ނުރައްކާތަކަށް ހައްލު ހޯދުމަށް ބޭއްވި ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ ފޮޓޯ--/ ރައީސް އޮފީސް
ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ ނުރައްކާތަކަށް ހައްލު ހޯދުމަށް ބޭއްވި ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ ފޮޓޯ--/ ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ ވަސީލަތާއި ޢިލްމު ދިވެހިންގެ އެބަހުރި ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ ނުރައްކާތަކަށް ހައްލު ހޯދުން" މި މައުޟޫއަށް އާންމު މަޖިލީހުގެ ހައިލެވެލް ޕްލެނަރީ ބައްދަލުވުން އިފްތިތާހު ކުރަން ބޭއްވި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ މޫސުމަށް އަންނަ ބަަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ގައުމުތަކަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވައި އެކަމަށް ހައްލު ހޯއްދަަވައިދެއްވުމަށް ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ނުރައްކާވެ ސަގާފަތާއި އަމިއްލަ ވަންތަކަން ނެތި ދިއުމުގެ ބިރު އެބައޮތްކަމަށެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ދިވެހިންގެ ދުޅަހެޔޮކަމަށް ކުރާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން ތަރައްޤީގެ އޮނިގަނޑު ހަލާކުވެ، އިޤްތިޞާދު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލޭ އުފުލުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އެޅުން މުހިއްމު" ރައީސް ވިދާޅުވިއެވެ

GYVgEMiXYAAAQBO.jpg

ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށްޓަކައި އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި އެކަމަށް ކުރާ ހޭދަ އިތުރުކޮށް އެކަމާއި ގުޅޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އަވަސް މަސައްކަތްކަތެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަންނަން ކުރަންޖެހޭ މަސަައްކަތްތައް އަވަސް ކުރެއްވުމަށްވެސް ގޮވާލައްވާފައެވެ.

"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި ޕެރިސް އެގްރިމަންޓާއި 2030 އެޖެންޑާގައި ހުރި ކަންކަން ހާސިލުނުވާނެ". ރައީސުލްޖުމްހޫރިއްޔާ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެ ކުރިމަތިލާ އެކި ކާރިސާތަކަށް ހޭދަކުރުމަށް އުފައްދާފައިވާ ލޮސް އެންޑް ޑެމޭޖް ފަންޑާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ، މިހާރު ކަނޑައަޅާފައިވާ 661 މިލިއަން ޑޮލަރަކީ މިކަމަށް އެންމެ އެކަށީގެންވާ ޢަދަދު ނޫން ކަމަށް ވިދާޅުވެ، އެހެނިހެން ޤައުމުތަކުން މިކަމަށް މިއަށްވުރެ އަހައްމިއްޔަތެއް ދެއްވުން ގޮވާލައްވާފައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ޙައްލުކުރުމަށް ޓަކައި ބާއްވާ މިބައްދަލުވުމުގެ ބޭނުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރާ ގައުމުތަކަށް ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 20 މިނިޓު ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 3 ގަޑިއިރު ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | 3 ގަޑިއިރު ކުރިންޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 18 ގަޑިއިރު ކުރިން