logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

އަބުރު ކަތިލަނީ ކޮރަޕްޝަނަށް ފުރުސަތު ނުލިބިގެން: އެފްއެސްއެމް އެމްޑީ

އަޙްމަދު ޒަލީފް
25 ސެޕްޓެމްބަރު 2024 - 16:51
އަބުރު ކަތިލަނީ ކޮރަޕްޝަނަށް ފުރުސަތު ނުލިބިގެން: އެފްއެސްއެމް އެމްޑީ

ކޮރަޕްޝަންގެ ހުތުރު ޓެގް އަޅުވާ އަބުރު ކަތިލަމުން ގެންދަނީ ވައްކަމާއި ކޮރަޕްޝަނަށް ކުންފުނީގެ ތެރެއިން ފުރުސަތު ނުދޭތީ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ސުހެއިލް ވިދާޅުވެއްޖެއެވެ.

އެފްއެސްގެ އެމްޑީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ފައިސާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދަމުންދާ ކަމަށް ބުނެ "ރާއްޖެ އެމްވީ" ގައި ޝާއިއު ކުރި ޚަބަރަކާ ގުޅިގެން މި ނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީ ސުހެއިލް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ ކުންފުނި ތެރޭގައި ހިންގަމުން ދިޔަ ބޮޑެތި ވައްކަންތައް ހުއްޓުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވައްކަމާ ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޯޓުތަކުގެ ފަޅުވެރިން އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކޮށް ގެންނަން ޖެހުނު ބަދަލު ގެނެސް ކުންފުނި "ފޮޅާ" ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ތަނުގެ ތެރެއިން ނަހަމަ މާލީ މަންފާ ހޯދާ މީހުން މަދު ނަމަވެސް އުޅޭ ކަމަށާއި ނަމަވެސް އޭނާގެ މަގްސަދަކަށްވީ ތަނުގެ ތެރެއިން ކޮރަޕްޝަންގެ ހުތުރު އަމަލު ހުއްޓުވާ ތަނަކީ ރައްޔިތުންގެ އިތުބާރު އޮންނަ ކުންފުންޏަކަށް ހެދުން ކަމަށް ސުހެއިލް ވިދާޅުވިއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ގެންގުޅުއްވާ ކޮރަޕްޝާންގެ ޒީރޯ ޓޮލަރެންސަކީ އޭނާގެ ވެސް އަމާޒުކަމަށާއި އަބުރު ކަތިލި ނަމަވެސް އެކަމުގައި ފަސް ނުޖެހޭނެ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

"ވެގެން އުޅޭ ގޮތަކީ ވަކި ބަޔަކު ޑޮމިނޭޓު ކުރަން ބޭނުންވާ ގޮތަށް ކުންފުނީގެ ބޯޓުތައް ޑޮމިނޭޓު ނުކުރެވިގެން އެކަމުގެ ބަދަލު ހިފަނީ. ނަމަވެސް ކޮރަޕްޝަން ހިންގަން ފުރުސަތު ދެވޭކަށް ނެތް. އަބުރު ކަތިލަންޏާ ކަތިލަންވީ. އެކަމަކުވެސް ކޮރަޕްޝަން ހުއްޓުވުމުގައި ނެތް ފަހަތަށް ޖެހެވޭކަށް" ސުހެއިލް ވިދާޅުވިއެވެ.

އިތުރަށް ސުހެއިލް ވިދާޅުވީ، އޭނާގެ މަސްލަހަތު އޮންނަ ޖަމްއިއްޔާއަކަށް ފައިސާ ޖަމާކުރާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި އޭނާގެ އެއްވެސް ބައިވެރުވުން އޮތް އެއްވެސް ޖަމްއިއްޔާއެއް ނޯންނާނެ ކަމަށެވެ.

ސުހެއިލް ވިދާޅުވީ، ކޮރަޕްޝަން ހިންގާ، ތެލުގެ ވަގު ވިޔަފާރި ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށާއި އަބުރު ކަތިލަންޏާ ކަތިލަންވީ ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާ ކޮށްފައިވަނީ ވެސް ދާދި ފަހުން ބޯޓު ބަދަލު ކުރި ދެ މުވައްޒަފަކު މެދުވެރިކޮށް ކަމަށެވެ.

ބޯޓު ބަދަލުކުރި އެއް މުވައްޒަފަކީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުގައި ބޯޓު ބަދަލުކުރި މުވައްޒަފެއް ކަމަށާއި އަދި އަނެއް މުވައްޒަފަކީ އޮންނަ އުސޫލުގެ ތެރެއިން ވަކި މުއްދަތަކަށް ބޯޓު ބަދަލުކުރި މުވައްޒަފެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ވެސް މެންދުރު ޓީވީއަށް މުއުތަބަރުކޮށް ލިބުނު މައުލޫމާތުގެ ތެރޭގައި އެމްޑީ ސުހެއިލްގެ ހަރުކަށި ނިންމެވުންތަކުގެ ސަބަބުން "އެމްޑީޕީ"އަށް ނިސްބަތްވާ މެޖޯރިޓީ މުވައްޒަފުންނާ ވެރިން ވަނީ މީގެ ކުރިން، އެތެރޭގެ ބަޣާވާތަކުން ސުހެއިލް މަގާމުން ދުރުކުރަން ވެސް ސިއްރު ޖަރީމާތަކެއް ހިންގާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދެނީޚަބަރު | 2 ގަޑިއިރު ކުރިންވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވާތީ، ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީޚަބަރު | 4 މަސް ކުރިންއެސްޓީއޯ ގްރޫޕު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީގެ ލަގަބު އެފްއެސްްއެމްގެ އެމްޑީ އާޝަންއަށްޚަބަރު | އަހަރެއް ކުރިންއެފްއެސްއެމްގެ އެމްޑީ ޝުހައިލް އިސްތިއުފާ ދެއްވައިފި ޚަބަރު | އަހަރެއް ކުރިން