logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްޓީއޯ ގްރޫޕު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީގެ ލަގަބު އެފްއެސްްއެމްގެ އެމްޑީ އާޝަންއަށް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
15 ޑިސެމްބަރު 2024 - 10:44
އެފްއެސްއެމްގެ އައު އެމްޑީ ފާތިމަތު އާޝަން -- ފޮޓޯ: އެސްޓީއޯ
އެފްއެސްއެމްގެ އައު އެމްޑީ ފާތިމަތު އާޝަން -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިޔުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ އައު އެމްޑީކަމަށް ފާތިމަތު އާޝަން އައްޔަނުކުރައްވައިފިއެވެ.

އެފްއެސްއެމްގެ އެމްޑީއަކަށް އާޝަން އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ. އެކަން އިއުލާންކޮށް މައި ކުންފުނި އެސްޓީއޯ އިން ވަނީ މަރުޙަބާ ދަންނަވަފާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްއެސްއެމްެގެ އެމްޑީއަކަށް އާޝަން އައްޔަނުކުރެވުމާއެކު، އެސްޓީއޯގެ ތާރީޚުގައި ވެސް އެ ކުންފުނީގެ ގްރޫޕު ކުންފުންޏެއްގެ ވެރިއަކަށް އަންހެނަކު ހަމަޖެއްސި ފުރަތަމަ ފަހަރަށް އާޝަން ވީއެވެ.

 

މީގެ ކުރިން ވެސް އެސްޓީއޯގެ ގްރޫޕުގެ މަގާމުތަކެއް ފުރުއްވި އާޝަން ވަނީ އެސްޓީއޯގެ ދަށުން މިފްކޯ ހިންގިއިރު، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމު ވެސް ފުރުއްވާފައެވެ.

އާޝަން އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި  އިސްމާއިލް ސުހެއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވީ، އެފްއެސްއެމްގެ އިން ތެޔޮ ވިއްކުމުގެ މައްސަލަތަކެއް ފެންމަތިވެ، އެ ކުންފުނިން 40 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށް، އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށެވެ.

ސުހައިލްގެ މައްޗަށް ވެސް ވައްކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިތައް އާންމުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި، މިއީ ފަހުގެ ތާރީޚެއްގައި ހިއްސާއަކަށް ޖެހުނު އެންމެ ބޮޑު އަދަދުޚަބަރު | 7 ދުވަސް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 25 ދުވަސް ކުރިންމި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 785 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއްޚަބަރު | މަހެއް ކުރިން