logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިތައް އާންމުކޮށްފި

މަރިޔަމް މާޙީ
24 މޭ 2026 - 10:45
ޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިތައް އާންމުކޮށްފި

ކުރިއަށް އޮތް ބޮޑުޢީދާއި ޙައްޖު ދުވަހާ ގުޅިގެން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެކަން އާންމުކޮށްފިއެވެ.

އެފްއެސްއެމް އިން ހާމަކޮށްފައިވާ ގޮތުގައި، މާލެ އާއި ހުޅުމާލޭގައި 24 ގަޑިއިރު ޚިދުމަތްދޭ ޝެޑްތަކުގެ ތެރެއިން މާލޭގެ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑާއި ހުޅުމާލެ ފޭސް 1 ގައި ހުންނަ ޝެޑު، ޙައްޖު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ބަންދުވާނެއެވެ. އަދި ޢީދު ދުވަހު ހެނދުނު 06:00 އިން މެންދުރުފަހު 14:00 އަށް އެ ޝެޑްތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މާލެ ސަރަހައްދުގެ އެހެން ޝެޑްތަކުގެ ތެރެއިން، އީޒީ ފިލް 2 އަދި އީޒީ ފިލް 4 ގެ ޚިދުމަތް މި ދުވަސްތަކުގައި ލިބޭނީ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަށެވެ.

އަތޮޅުތެރޭގެ ޚިދުމަތްތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ތިލަފުށި، އައްޑޫ ސިޓީ ގަން، ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ ފިއުލް ޝެޑްތަކުން ޙައްޖު ދުވަހާއި ޢީދު ދުވަހު ޚިދުމަތް ދޭނީ މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށެވެ. މީގެ އިތުރުން، އެ ކުންފުނިން ޚިދުމަތްދޭ އިތުރު 8 ރަށެއްގައި ޚިދުމަތް ދޭނީ މެންދުރުފަހު 14:30 އިން ރޭގަނޑު 23:00 އަށެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ބަންދުގައި އެފްއެސްއެމްގެ ޝެޑްތައް ހުޅުވާ ގަޑިތައް އާންމުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރިންނާއި އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދެނީޚަބަރު | 2 މަސް ކުރިންވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވާތީ، ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީޚަބަރު | 7 މަސް ކުރިންއެސްޓީއޯ ގްރޫޕު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީގެ ލަގަބު އެފްއެސްްއެމްގެ އެމްޑީ އާޝަންއަށްޚަބަރު | އަހަރެއް ކުރިން