logo
Bank of Maldives

Bank of Maldives

ދުނިޔެ

މިސްރުގައި ނުރައްކާތެރި ހާދިސާއެއް: 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ

އަޙްމަދު ޒަލީފް
31 އޯގަސްޓު 2025 - 15:10
މިސްރުގައި ނުރައްކާތެރި ހާދިސާއެއް: 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ

މިޞްރުގައި ރޭލެއް ފުރޮޅާލައި ތިން މީހުން މަރުވެ 103 މީހުންނަށް އަނިޔާވެއްޖެއެވެ.

މިޞްރުގެ ނޭޝަނަލް ރެއިލްވޭސް އޮތޯރިޓީން ބުނީ އެ ހާދިޘާ ހިނގާފައި ވަނީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ ޤައުމުގެ މަތުރޫހު ޕްރޮވިންސުގައި ކަމަށެވެ. މަރްސާ މަތުރޫހުން ވެރިރަށް ކައިރޯއަށް ދަތުރުކުރި ރޭލު ފުރޮޅާލުމަށް މެދުވެރިވީ ރޭލު ދުއްވާ ޓުރެކުން ކަހައިލުމުގެ ސަބަބުންނެވެ. 

މިޞްރުގެ ޞިއްޙީ ވުޒާރާއިން ބުނީ ޒަޚަމްވި މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، މަތުރޫހާއި އަވަށްެޓެރި ޕްރޮވިންސުތަކުގެ ހަސްފަތާލުތަކަށް އެ މީހުން ގެންގޮސްފައިވާ ކަމަށެވެ. ފަރުވާ ދިނުމަށް ފަހު 98 މީހުން މިހާރު ހަސްފަތާލުން ދޫކޮށްލާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިޞްރުގެ ރޭލު ދުއްވާ މަގުތައް އިތުރަށް ތަރައްޤީ ކުރުމަށް އެ ޤައުމުން ފަހުގެ އަހަރުތަކުގައި ވަނީ އެތައް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްފައެވެ. އެ ޤައުމުގެ ރޭލު ނިޒާމަކީ މެދުއިރުމަތީގެ އެންމެ ދުވަސްވީ ރޭލު ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕް 2026:"ޕްރައިޑް" މެޗަށް މިޞްރުން ބުނީ ނޫނެކޭކުޅިވަރު | 2 ދުވަސް ކުރިންމިސްރުގައި ނުރައްކާތެރި ހާދިސާއެއް: 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ ދުނިޔެ | 3 މަސް ކުރިންދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް މިސްރުން ހުށަހަޅައިފިދުނިޔެ | އަހަރެއް ކުރިން