logo
Bank of Maldives

Bank of Maldives

ދުނިޔެ

ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް މިސްރުން ހުށަހަޅައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
29 އޮކްޓޯބަރު 2024 - 04:58
ދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް މިސްރުން ހުށަހަޅައިފި

އިސްރާއީލާއި ހަމާސް އާ ދެމެދު ދެ ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ހުށަހެޅުއްވައިފިިއެވެ.

މި ހުށަހެޅުމަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހޫނުވި ފަހުން މިސްރުން އާންމުން އިސްނަގައިގެން ކުރިއަށް ގެންދާ ފުރަތަމަ ހުށަހެޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ދެ ދުވަހުގެ ތެރޭގައި ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ހަތަރު ރަހީނުން މިނިވަކުރުމަށާއި ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް ގައިދީން މިނިވަން ކުރުމަށްވެސް މިސްރުން ހުށަހަޅާފައިވެއެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އެކަން އިއުލާން ކުރެއްވީ ސީއައިއޭ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާދުގެ ޑިރެކްޓަރުން ބައިވެރިވެގެން ގަތަރުގައި ކުރިއަށްގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ބައްދަލުވުމުގައެވެ.

މިސްރާއި، އެމެރިކާ އަދި ގަތަރު ގުޅިގެން އެ މަޝްވަރާތައް ކުރިއަށް ގެންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ހަނގުރާމަ ދެ ދުވަހަށް މެދުކަނޑާލުމުގެ މަޝްވަރާތައް 10 ދުވަހުގެ ތެރޭގައި ފަށަން ޖެހޭނެ ކަމަށް ވެސް ސީސީ ވިދާޅުވިއެވެ.

އެ ހުށަހެޅުމަށް އިސްރާއީލުން އަދި ހަމާސްއިން ވެސް ވަކި އެއްޗެއް ބުނެފައެވެނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕް 2026:"ޕްރައިޑް" މެޗަށް މިޞްރުން ބުނީ ނޫނެކޭކުޅިވަރު | 2 ދުވަސް ކުރިންމިސްރުގައި ނުރައްކާތެރި ހާދިސާއެއް: 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ ދުނިޔެ | 3 މަސް ކުރިންދެ ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް މިސްރުން ހުށަހަޅައިފިދުނިޔެ | އަހަރެއް ކުރިން