logo
Bank of Maldives

Bank of Maldives

ޚަބަރު

ސައިބަރ ކްރައިމް މަދުކުރުމަށްޓަކައި ވަސީލަތްތައް ގާއިމުކޮށް، ތަމްރީނުވާންޖެހޭ: މިނިސްޓާ އިހްސާން

ނުހާ އަޙްމަދު
1 ސެޕްޓެމްބަރު 2025 - 10:56
ފޮޓޯ--// ޕޮލިސް
ފޮޓޯ--// ޕޮލިސް

ސައިބަރ ކްރައިމް މަދުކުރުމަށްޓަކައި ވަޞީލަތްތައް ޤާއިމުކޮށް، ތަމްރީނުވާންޖެހޭ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ބިނާރުތައް ގާއިމުކޮށް، ފުލުހުން ތަމްރީންކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެހެންކަމުން ވަސީލަތެއް ލިބެންދެން މަޑުނުކޮށް، އެ ފުލުހެއްގެ ދާއިރާއިން ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން ކޮންމެ ފުލުހަކުވެސް މަސައްކަތްކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

"ވަކިން މީހަކު އައިސް ވަސީލަތެއް ހޯދައިދޭން އުޅުމުގެ ބަދަލުގައި، ކަމެއް ނުވަނީސްވެސް އެ މީހެއްގެ ދާއިރާގައި ބަދަލުވަމުން އަންނަ ދުނިޔެއާ އެއްގޮތަށް ޒަމާނީ ފަހުގެ ވަސީލަތްތަކާއި ތަމްރީނުތައް ދެނެގަނެ ވެރިންނާ ހަމައަށް ގެނެސް، އެކަންކަން ފަހިކުރުމަށް އާދަޔާ ހިލާފަށް މަސައްކަތްކުރަން އަޅުގަނޑު އެދެން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ މަގުސަދެއްކަމަށްވާއިރު، ކުށުގެ ވެށްޓަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެގޮތަށް ހިދުމަތް ބައްޓަންކުރުން މުހިންމު ކަމަށެވެ. ހާއްސަކޮށް ބަދަލުވަމުން އަންނަ ދުނިޔޭގައި މިހާރު އެންމެ އާންމު ކުށްކުށުގެ ތެރޭގައި ހިމެނޭ ސައިބަރ ކްރައިމް މަދުކޮށް، އެފަދަ ކުށްކުށް ހުއްޓުވުމަށްޓަކައި ވަސީލަތްތައް ގާއިމުކޮށް، ތަމްރީނުވާންޖެހޭކަމަށެވެ.

މީގެ އިތުރުން ދިވެހި މުޖުތަމައަކީ އެެއްބައިވަންތަ ބަދަހި މުޖުތަމައަކަށް ހެދުމަށް އަޒުމު ކަނޑައެޅުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ތަފާތު ހުރަސްތައް ކުރިމަތިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފުލުހުން ހިންގާ ހާއްސަ ޕްރޮގުރާމްތަކުގެ ތެރެއިން މުޖުތަމައުގައި ހަމަޖެހުން ގާއިމުކޮށް، އެކަކު އަނެކަކަށް އިހުތިރާމްކުރާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުށަށް މީހުން އަރައިގަތުމުގެ ކުރިން ކުށުގެ ވެށިން ސަލާމަތްވެފައިވާ ތަނަކަށް މުޖުތަމަޢު ހެދުމަށް ފުލުހުން މަސައްކަތްކުރަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ހިދުމަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް އެކަން އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާވަނީ ދީފައެވެ. އެ ގޮތުން 20 އަހަރުން ފެށިގެންގޮސް 35 އަހަރާ ހަމައަށް ޚިދުމަތްކޮށްދީފައިވާ ފުލުހުންގެ އަގުވަޒަންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު، މަދަނީޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެށުނު ދުވަސް ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ ޑިޖިޓަލް ގައުމެއް ބިނާކުރުން: އިޙްސާންޚަބަރު | 3 ގަޑިއިރު ކުރިންއަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | ދުވަހެއް ކުރިންހުޅުމާލޭ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފިޚަބަރު | 2 ދުވަސް ކުރިން