logo
ދުނިޔެ

އަފްޣާނިސްތާނަށް އައި ބިންހެލުން: އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 12:20
އަފްޣާނިސްތާނަށް އައި ބިންހެލުން: އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އިއްޔެ ރޭ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރައިފިއެވެ.

މި ބިންހެލުމުގައި އަފްޣާނިސްތާނަށް ބޮޑެތި ގެއްްލުންތަކެއް ވަނީ ވެފައެވެ. މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިއަދު ހެނދުނާއި ހަމައަށް ހުރީ 900 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ 6.0 މެގްނިޓިއުޑްގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ކުނާރު ޕްރޮވިންސުން މިހާތަނަށް 1411 މީހަކު މަރުވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނަށް ހޯމަ ދުވަހުގެ މެންދުރާއި ހަމައަށް ހަތް ބިންހެލުން އައިސްފައިވާ ކަމަށް އިންޑިއާގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން އެރޭ އައި 6.3 މެގްނިޓިއުޑްގެ ބިންހެލުމަށް ފަހު ކައިރިކައިރީގައި، 5.0 ގެ 3 ބިންހެލުން، 4.7 ގެ ބިންހެލުމެއް، 4.3ގެ ބިންހެލުމަކާއި 4.2 ގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިއްޔެ ރޭ އަފްޣާނިސްތާނަށް ބިންހެލުންތަކެއް އައިސްފައިވާއިރު، މިއީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމާއި ހަވާލުވި ފަހުން އަފްޣާނިސްތާނަށް އައި ތިން ވަނައަށް އެންމެ ބޮޑު ބިންހެލުމެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަފްޣާނިސްތާނަށް އައި ބިންހެލުން: އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ ދުނިޔެ | 19 ގަޑިއިރު ކުރިން