logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

ކާބުލްގައި ވަރުގަދަ ގޮވުމެއް؛ ގިނަ ބައެއްގެ ފުރާނަ ގެއްލުނު

އިސްމާޢިލް ރާތިޢު
20 ޖެނުއަރީ 2026 - 05:13
ފޮޓޯ: އެންޑީޓީވީ
ފޮޓޯ: އެންޑީޓީވީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އެ ގޮވުން ހިނގާފައި ވަނީ ކާބުލްގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ ކަމަށް ބެލެވޭ އެއް އަވަށް ކަމަށްވާ ޝަހްރުއްނައު ކިޔާ ސަރަޙައްދެއްގައެވެ. އެ އަވަށުގައި ގިނަ ޢަދަދެއްގެ ބޭރު މީހުން ދިރިއުޅެއެވެ. އެނގިފައިވާ ގޮތުގައި އެ ގޮވުން ގޮވާފައި ވަނީ އެ އަވަށުގައި ހުރި ހޮޓަލެއްގައެވެ.

މިހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށާއި ތަފްޞީލީ މަޢުލޫމާތު ފަހުން ޙިއްޞާކުރައްވާނެ ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު، ޢަބްދުލް މަތީން ޣަނީ ވިދާޅުވިއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤުކުރަމުންނެވެ.

އަފްޣާނިސްތާނަކީ ހަތިޔާރުއެޅި ޖަމާޢަތްތަކުން ބޮމުގެ ޙަމަލާތައް ދޭތެރެދޭތެރެއިން ދޭ ޤައުމެކެވެ. ނަމަވެސް މި ހާދިސާއަކީ އެ ފަދަ ޙަމަލާއެއް ކަމެއް ސާފެއް ނުވެއެވެ. އެހާދިސާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވި ފަހުން އެ ޤައުމުގައި ދޭ ޙަމަލާތަކުގެ ޢަދަދު ވަނީ މަދުވެފައެވެ. ނަމަވެސް އައިސިސްއާ ގުޅުންހުރި ބައެއް ޖަމާޢަތްތަކުން އަދި ވެސް އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަފްޣާނިސްތާނުގެ ޚައްޞާޞް ސަރަހައްދުތަކަށް އަމާޒުކޮށް، ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާތަކެއްދުނިޔެ | 17 ދުވަސް ކުރިންކާބުލްގައި ވަރުގަދަ ގޮވުމެއް؛ ގިނަ ބައެއްގެ ފުރާނަ ގެއްލުނުދުނިޔެ | 2 މަސް ކުރިންއަފްޣާނިސްތާނަށް އައި ބިންހެލުމުގައި 2200 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ދުނިޔެ | 6 މަސް ކުރިންއަފްޣާނިސްތާނުގައި އެތައް ބަޔަކު ފަރުބަދަމަތީ ސަރަހައްދުތަކުގައި ތާށިވެއްޖެ ދުނިޔެ | 6 މަސް ކުރިން