logo
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިBank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލަކު އެއާޕޯޓު އޮޕަރޭޝަނަލް ހާލަތަށް ގެނައުމަށް އައްޑޫއިން ފަޔަރ ޓްރަކެއް ގެންދަނީ

ޢައްފާން މުޙައްމަދު
2 ސެޕްޓެމްބަރު 2025 - 12:38
ފުވައްމުލަކު އެއާޕޯޓު --
ފުވައްމުލަކު އެއާޕޯޓު --

އޮޕަރޭޝަންތައް ހުއްޓިފައި އޮތް ފުވައްމުލަކު ސިޓީ އެއާޕޯޓު އަލުން އޮޕަރޭޝަނަލް ހާލަތަށް ގެނައުމަށްޓަކައި، އައްޑޫ ސިޓީން އެ އެއާޕޯޓަށް ފަޔަރ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަނުން އެ ސިޓީއަށް ކުރަމުންދާ ދަތުރުތަކަށް ބުރޫ އަރާފައިވަކަމަށް، މޯލްޑިވިއަން އިން މިއަދު ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލައް ސިޓިގެ މޭޔާ އިސްމާއިލް ރަފީގް މެންދުރު ޓީވީއަށް ވިދާޅުވީ، އެއާޕޯޓް ވަގުތީގޮތުން ބަންދުކުރަންޖެހުނީ، ފަޔާ ޓްރަކްގެ ހޮޅިއެއްފަޅައިގެން ދިއުމުގެ ސަބަބުންކަމަށެވެ.

އިއްޔެ ހަވީރުން ފެށިގެން މިއަދުގެ އެއްވެސް ފްލައިޓެއް ދަތުރުކޮށްފައި ނުވާކަމަށް މޭޔާ ވިދާޅުވިއެވެ. މޭޔާ ވިދާޅުވީ، ދިމާވި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް މުވައްޒަފުން ، މިހާރު އެ އެއާޕޯޓުގައި މަސައްކަތްކުރަމުންދާކަމަށެވެ.

މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި މެމްބަރު އިބްރާޙީމް ޙުސެއިން ވިދާޅުވީ، ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަކަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން އޭނާއަށް މައުލޫމާތުދެއްވާފައިވާ ކަމަށެވެ.

އަދި މި ދަތި ދަނޑިވަޅުގައިވެސް ކެތްތެރިކަމާއެކު ތިއްބެވި ކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު މެމްބަރު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް މެމްބަރު ވަނީ ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ މިދަނީ ރަނގަޅު މިސްރާބަށް، ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: މެމްބަރު އިބްރާހީމް ޙުސައިންޚަބަރު | 4 ގަޑިއިރު ކުރިންއިތުރަށް ހޯދާ ކޮންމެ ކުއްޖަކަށް އިނާޔަތެއް ލިބޭގޮތަށް ނަމަވެސް ރާއްޖޭގެ އާބާދީ އިތުރުކުރަން ޖެހޭ: މެމްބަރު ހުސެއިންޚަބަރު | 3 މަސް ކުރިންފުވައްމުލަކު އެއާޕޯޓު އޮޕަރޭޝަނަލް ހާލަތަށް ގެނައުމަށް އައްޑޫއިން ފަޔަރ ޓްރަކެއް ގެންދަނީޚަބަރު | 4 މަސް ކުރިންބައެއް ފަރާތްތަކުން ގިނަ ޓެކްސްތަކެއް ނުދައްކާ، ގިނަ ފަހަރަށް ރިޕޯޓުވެސް ހުށަނާޅާ: އިބްރާހިމްޚަބަރު | 5 މަސް ކުރިން