logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ މިދަނީ ރަނގަޅު މިސްރާބަށް، ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: މެމްބަރު އިބްރާހީމް ޙުސައިން

ޒިދާން މުޙައްމަދު
30 ޑިސެމްބަރު 2025 - 16:54
ރާއްޖެ މިދަނީ ރަނގަޅު މިސްރާބަށް، ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭ: މެމްބަރު އިބްރާހީމް ޙުސައިން

ރާއްޖެ މިދަނީ ރަނގަޅު މިސްރާބަށް ކަމަށާއި ކައުންސިލް އިންތިޚާބުގައި މެޖޯރިޓީ ވެރިކަންކުރާ ޕާޓީ - ޕީއެންސީއަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ "މައުޟޫޢު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި ނަތީޖާއަކީ ރާއްޖޭގެ ކަންކަން ދާ މިސްރާބު ރަނގަޅުވުން ކަމަށެވެ. މެމްބަރު ވިދާޅުވީ، ކައުންސިލް އިންތިޚާބަށް ފަހު އިތުރު ހަލުއިކަމާއެކު ބާރު ދުވެއްޔެއްގައި ކަންކަން ހިނގައިގަންނާނެ ކަަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަުންސިލްތަކުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންވަނީ، މިއަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުތަކާއި ސިޔާސަތުތަކާއި ތަސައްވުރުތައް މިރާއްޖޭގައި ގާއިމުކުރަންޖެހޭތީ ކަމަށެވެ. ރަނގަޅު މުސްތަގުބަލަކާއި އުފާފާގަތިކަން އޮތީ އޭރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރަނގަޅު ޖީލެއް އަދި ވަކިން ހާއްސަކޮށް ހެޔޮލަފާ ޒުވާނުންތަކެއް ބިނާކޮށްގެން ނޫނީ ގައުމުގެ ތަރައްޤީގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމީ ހަގީގަތް ކަމަށެވެ. ގައުމު ތަރައްޤީކުރަންޖެހޭނީ ހަމައެކަނި ކޮންކްރީޓުން ނޫން ކަމުގައި މެމްބަރު ފާހަގަކުރެއްވިއެެވެ.

ސިކުނޑިތައް ތަރައްޤީވެ، ހެޔޮ ގޮތުގައި ދޫ ބޭނުންކުރަން ދަސްވާން އެބަޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. މުސައްނދި ތަރައްޤީ ގައުމުތަކާ ވާދަކޮށްލެވޭނީ އެ މަގުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ރަނގަޅު ޒުވާން ހަރުދަނާ ޖީލެއް ބިނާކުރުމަށް ކަމަށެވެ.

މެމްބަރު ވަނީ އެކަނިވެރި މައިންނަށް އިނާޔަތް ބޮޑުކޮށްދެއްވުމުގެ ވައުދު ފުއްދެވުމާއި، ޒުވާނުން ބިނާކުރުމަށް ހިންގާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް އަދި މަސްވެރިންނަށް ކޮށްދެއްވި ކަންކަން ފަދަ ކަންކަމަކީ ސަރުކާރަށް ތާއީދު ދޭންޖެހޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނާޒިމް ހަނދާން ކޮށްދެއްވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޚާއްސަ މަޖިލީހުގައި ވެސް އޮތް ވިސްނުމެއްކަންޚަބަރު | 20 ގަޑިއިރު ކުރިންކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ ވައުދުތައް ފުއްދުމަށް: ފަލާހްޚަބަރު | 3 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 3 ދުވަސް ކުރިންޕީއެންސީގެ "ދަ ގްރޭޓަރ އައްޑޫ" ޚާއްޞަ ޖަލްސާ މިރޭޚަބަރު | 4 ދުވަސް ކުރިން