logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ ވައުދުތައް ފުއްދުމަށް: ފަލާހް

މުޙައްމަދު އަފްރާޙް
8 މާރިޗު 2026 - 14:41
ކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ ވައުދުތައް ފުއްދުމަށް: ފަލާހް

ރައްޔިތުންނަށް ހިދުމަތެއް ކުރުމަށް ބޭނުންވާ ވެރިންނަށް ލޯކަލް ކައުންސިލު އިންތިހާބަކީ "ބޮޑު" އިންތިހާބެއް ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އޭގެ ސަބަބަކީ ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ކައުންސިލަރުންގެ ފަރާތުން ކަމަށް ވާތީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޒީއަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބު މާ މުހިންމު ކަމަށް ދެކިގެން ސިޔާސީ ބޭފުޅުން ނޫޅުއްވާކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެކަން އެހެން ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން މާޒީގެ ވެރިކަންތަކުގައި ނުގެންގުޅޭތީ ކަމަށެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން މިކަމުގައި ތަފާތު ކަމަށާއި ސަރުކާރެއް ހިންގުމުގެ އެންމެ މުހިންމު ތިން މަގާމު ރައީސް ޑރ. މުއިއްޒު ފުރުއްވާފައިވާތީ އެކަމުން ތަޖުރިބާ ލިބިގަނެ، މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއްއޮތް ވޯޓެއް ނޫން ކަމަށާއި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ވޯޓަކީ ދިވެހި ރައްޔިތުން އިއްތިފާގުވާ ވޯޓެއް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އެއް ދުވަހެއްގައި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ވޯޓަކީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ

ފަލާހު ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ރައީސް ޑރ. މުއިއްޒަށް މުހިންމު ވަނީ އެމަނިކުފާނު ވައުދުވަޑައިގެންފައި ވާގޮތަށް މުޅި ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު އަގުބޮޑުވެގެން މިއުޅެނީ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުން: ފަލާހްޚަބަރު | 14 ދުވަސް ކުރިންޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 15 ދުވަސް ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | 20 ދުވަސް ކުރިންޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިޚަބަރު | 25 ދުވަސް ކުރިން