logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ޝަހްޒާ މުހައްމަދު
4 ސެޕްޓެމްބަރު 2025 - 12:26
 ކުޅުދުއްފުށީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހަދަން ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުހެ ފުރުސަތު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށް ދެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހަދަން ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، ކުޅުދުއްފުށީގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑު މިދިޔަ ޖޫން މަހުގެ ފަހުކޮޅު ރަސްމީކޮށް އިފުތިތާހުކޮށްފައިވެ އެވެ.

އެ ބޯޑުގެ މަގުސަދަކީ ކައުންސިލްގެ މަސައްކަތު ތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށު ފެންވަރުގައި ކުރަން ރާވަފައިވާ މުހިއްމު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ލަފާ ހޯދުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަންވާ އިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް އެ ސިނާއަތުގެ މަންފާ ލިބޭނޭ ގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 2 މަސް ކުރިންކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | 2 މަސް ކުރިންކުޅުދުއްފުށި ފައިވްކޭ ވަރަށް ކާމިޔާބު ޚަބަރު | 2 މަސް ކުރިން ކުޅުދުއްފުށީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީޚަބަރު | 2 މަސް ކުރިން