logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ފެބްރުއަރީ 2026 - 19:04
ކުޅުދުއްފުށީ ސިޓީގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ސިޓީގެ ގަދަރުވެރި ބޭފުޅެއްގެ އަޑު އައްސަވަނީ، އިބްރާހީމްގެ އޮތީ ވަރުގަދަ ތަސައްވުރެއް
ކުޅުދުއްފުށީ ސިޓީގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ސިޓީގެ ގަދަރުވެރި ބޭފުޅެއްގެ އަޑު އައްސަވަނީ، އިބްރާހީމްގެ އޮތީ ވަރުގަދަ ތަސައްވުރެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވިއްޖެނަމަ، އެ ސިޓީއަކީ ރާއްޖޭގެ 'ކޮމާޝަލް ކެޕިޓަލް' ނުވަތަ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ އޭނާގެ އަމާޒަކީ ކުޅުދުއްފުށި 21 ވަނަ ގަރުނުގެ ޒަމާނީ، އިގްތިސާދީ ގޮތުން އުންމީދީ ސިޓީއަކަށް ބަދަލުކޮށްލުން ކަމަށެވެ.

އިބްރާހިމް ހަސަންގެ ތަސައްވުރު ބިނާވެފައިވަނީ ރައްޔިތުންގެ ފަރުދީ ތަނަވަސްކަމުގެ މައްޗަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމާއި، އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިވުމެވެ. "މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށްޓަކައި. ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދިނުން، ހަގީގީ ތަރައްގީއަކީ ސިޓީގެ ތަނަވަސްކަމާއި، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައިކޮށް އެ ވަސީލަތްތަކުގެ ފައިދާ އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ލިބުން،" އިބްރާހިމް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

629252111_122245908680149933_1112089636944614070_n.jpg

ޕީއެންސީ ކުޅުދުއްފުށީ ސިޓީ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ކެމްޕޭން ލޯންޗިންގ ޖަލްސާގައި ވާހަކަ ދައްކަވަނީ

 

އިގްތިސާދީ ކުރިއެރުމާއި ފަތުރުވެރިކަން

ސިޓީގެ އިގްތިސާދު ފުޅާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް ފާހަގަކުރެއްވީ ކުޅުދުއްފުއްޓާ ދާދި ގާތުގައި އޮތް ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ސިޓީއަށް ނުލިބޭ ކަމެވެ. އެއާޕޯޓަށް އަންނަ ފަތުރުވެރިން ކުޅުދުއްފުއްޓަށް ޒިޔާރާތްކޮށް ޗުއްޓީ ހޭދަކުރެވޭނެ ވަސީލަތްތައް މިއަދު ނެތްކަން ފާހަގަކުރައްވައި، އޭނާގެ ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކީ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

626787313_122245920494149933_9105849210026801310_n.jpg

ޕީއެންސީ ކުޅުދުއްފުށީ ސިޓީ މޭޔަރު ކެންޑިޑޭޓް އިބްރާހިމާއި ޕީޖީ ލީޑަރ އަދި ވަޒީރުންނާއި ކެންޑިޑޭޓުން ކެމްޕޭން ލޯންޗިންގ ޖަލްސާގައި

 

އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ ތަރައްގީ

ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަކީ އިބްރާހިމްގެ މުހިންމު ވައުދެކެވެ. މީގެ އިތުރުން، ސިޓީގެ ސިއްހީ ނިޒާމު އިތުރަށް ތަރައްގީކޮށް، ބޮޑުތިލަދުންމަތީގެ 70,000 އަށްވުރެ ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ސިއްހީ ހިދުމަތްތަކެއް ކުޅުދުއްފުށިން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިންމާލަމުން އިބްރާހިމް ވިދާޅުވީ ޕީއެންސީގެ ތަސައްވަރަކީ ހުރިހާ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތު އޮންނަ، ވަޒީފާގެ ދޮރުތައް ހުޅުވާލެވިފައިވާ އަދި ތަރައްގީގެ މަންފާ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ލިބިގެންދާ އުޖާލާ ސިޓީއަކަށް ކުޅުދުއްފުށި ހެދުން ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 15 ގަޑިއިރު ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | 18 ގަޑިއިރު ކުރިންތަރައްގީލިބި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވުން: މުހައްމަދު އިސްމާއީލްޚަބަރު | 4 ދުވަސް ކުރިން