logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫއާއި ކުޅުދުއްފުށްޓަށް ފުލުހުންގެ ކޮންސްޓަބަލުން ހޯދަނީ

ޒިދާން މުޙައްމަދު
24 ފެބްރުއަރީ 2026 - 13:55
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ

ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީގައި މަސައްކަތްކުރާނެ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުންގެ މަގާމަށް މީހުން ބޭނުންވާތީ އެ މަގާމަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީއަށް 20 ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުން ހޯދާއިރު ތިނަދޫ ސިޓީއަށް ހޯދަނީ އެންމެ މީހެކެވެ.

މި ވަޒީފާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް މާޗް ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ގުރޭޑް 10 ނިންމާފައިވާ އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ފިރިހެނަކު ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހުރި ނަމަ މި މަގާމަށް ކުރިމަތިލެވޭނެއެވެ.

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުންގެ މުސާރަ އަކީ މަހަކު 17,175 ރުފިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިމެން އިން ޕޮލިސިންގ ޑޭ: އަންހެން ފުލުހުންނަށް ވަޒީރު އިޙްސާންގެ މުހިންމު އިލްތިމާސެއްޚަބަރު | 11 ގަޑިއިރު ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ކަނޑުހުޅުދޫއިން 2 މީހަކު ހައްޔަރުކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ނައްތާލަން ހުއްދަ ދީފައިވާ އުޅަނދުތަކެއް: ފުލުހުންޚަބަރު | 21 ގަޑިއިރު ކުރިންފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިޚަބަރު | 2 ދުވަސް ކުރިން