logo
MPL

MPL

ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 2955 އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
5 ސެޕްޓެމްބަރު 2025 - 08:02
ގެދޮރުވެރިޔާ ސްކީމް: 2955 އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2955 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު 3070 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ވަނީ ތާވަލުކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މީގެ ތެރެއިން 2955 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުމެވެ.

އަމާޒަކީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާ އެކުވެސް އެއްބަސްވުން އެކުލަވާލުންކަމަށް ފަހިދިރިއުޅުމުގެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުލި ނުދައްކާ ދެ ފްލެޓް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން މީހުން ގުޅަން ފަށައިފި: އެފްޑީސީޚަބަރު | 18 ދުވަސް ކުރިންފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތަކުގެ ބެލްކަނި އަންނަ މަހު 28 ގެ ކުރިން ރަނގަޅު ކުރަން އަންގައިފިޚަބަރު | މަހެއް ކުރިންފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 2 މަސް ކުރިންއެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 5 މަސް ކުރިން