logo
ޚަބަރު

ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާއި އިނާޔަތް ވެސް މި ސަރުކާރުން ދޭނެ: ލަތީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ސެޕްޓެމްބަރު 2025 - 11:01
 ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާއި އިނާޔަތް ވެސް މި ސަރުކާރުން ދޭނެ: ލަތީފް

ނޫސްވެރިންނާއި މީޑިއާއަށް ބޭނުންވާ ފުރިހަމަ ހިމާޔަތާއި އިނާޔަތް މި ސަރުކާރުން ދޭނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން "ބޮޑުސައްލާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، މީޑިއާއަކީ މީހުންގެ އަބުރާއި، ޖިސްމަށާއި، އުޅުމަށާއި، މިހުރިހާއެއްޗެއްގެ ބޮޑުބައެއް ކުޅެދޭ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް، މީޑިއާގައި މުޖުތަމައު ގަބޫލުކުރަން ބޭނުންނުވާ އެތައްކަމެއް ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޚާއްޞަކޮށް ދިވެހި މުޖުތަމައަކީ އިސްލާމީ، ދިވެހި މުޖުތަމައަކީ އެކުވެރި، ދިވެހި މުޖުތަމައަކީ އެންމެން އެއްބައިވެގެންއުޅޭ މުޖުތަމައެއް. އެކަކު އަނެއްކަކު ރަނގަޅަށް ދަންނަ ފަރިތަ ކުޑަކުޑަ މުޖުތަމައެއް،" ލަތީފް ވިދާޅުވިއެވެ. "މުޖުތަމައެއް ބައިބައިކޮށްލުމާއި މުޖުތަމައު ފަސާދަކޮށްލުމަކީ ނޫސްތަކަށް ކުރެވިދާނެކަމެއް. އަދި މީހުންގެ އަބުރާއި އިއްޒަތާއި ނަފުސާއި ނަގާލުމަކީ ވެސް މީޑިއާއަށް ކުރެވިދާނެކަމެއް." ލަތީފް ވިދާޅުވިއެވެ.

މެންބަރު ލަތީފް ވިދާޅުވީ، މިކަންކަން ކުރާ މީހުން މިއަދު އެއްވެސް ހައްދެއް ހުދޫދެއްނެތި އެކަންކަން ކުރަމުންދާ ކަމަށާއި، މިކަންކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅެންޖެހޭ ކަމަށެވެ.

"ފިޔަވަޅުތަކެއް ނޭޅޭނަމަ މުޖުތަމައު ހަލާކުވެގެން ހިނގައިދާނެ،" އޭނާ އިންޒާރު ދެއްވިއެވެ. އަދި، އިސްލާމްދީނުގައި ވެސް އަބުރަކީ ކަރާމަތްތެރި ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން ނޫސްވެރިން، ލިޔުންތެރިން މީހެއްގެ އަބުރު ދުއްވާލަންވެއްޖެއްޔާ ފަޅި ސިކުންތެއް މި ހޭދަވަނީ." ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ނޫސްވެރިންނަށް އަދި މީޑިއާ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ފުރިހަމައަށް ބޭނުންވާ ކަންކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، އެކަންކަން ދިނުމަށް ތައްޔާރުކުރެވިފައިވާ ކަމަށެވެ.

"އެ މައްސަލައެއް ހުރަހެއް އޮތްކަމަށްވާނަމަ އަދުގެ ސަރުކާރުން ވެސް އެކަންކަން ނައްތާލުމަށްޓަކައި މީޑިއާ ކުރިއަށް ގެންދިޔުމަށްޓަކައި، ނޫސްވެރިންނާއި، ނޫސްތަކަށް ބޭނުންވާ ވެށި ގާއިމުކޮށްދޭނަން، އެފަރާތްތަކަށް ބޭނުންވާ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން އިންތިހާއަށް މި ސަރުކާރުން ދޭނަން،" ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޔަގީންކަން އެތައް ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދެއްވާފައިވާނެ ކަމަށެވެ.

މީޑިއާ ބިލުގައި ހުރި ކަންކަމަކީ ސަރުކާރާއި ނޫސްވެރިންނާއި ދެމެދު ހައްލެއް ބޭނުންވެފައިވާ ކަންކަމަށް ނޫސްވެރިން ސިފަކުރާ އިރު، ނޫސްވެރިންގެ މިނިވަންކަމާއި ދެލި ހުއްޓާލެވޭ ކަމަށް ބުނެ އަޑު އުފުލަމުންދާ ކަން ވެސް ލަތީފް ފާހަގަކުރެއްވިއެވެ. ނަމަވެސް، އޭނާ ވިދާޅުވީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ، އެއްވެ އުޅުމުގެ އަދި ގަލަމުގެ މިނިވަންކަން ނޫސްވެރިންނަށް ލިބިފައިވާ ކަމަށެވެ.

ޤާނޫނުއަސާސީއަކީ "ކަރުގައި އަޅާ ހާރެއްކަހަލަ އެކަން އަނެއްކަމާއި ގުޅިފައިވާ އެއްޗެއް" ކަމަށް ސިފަކުރައްވައި ލަތީފް ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް ހުދޫދެއް މިންގަނޑެއް ހުންނަ ކަމަށެވެ.

"ހައްގުތައް ނުލިބިގެން ވާހަކަ ދައްކާ، ހައްގުތައް ހުރީ ޤާނޫނުއަސާސީގައި އަތުރާލާފައި، އެއްމާދާ އާއި އަނެއް މާދާ ލާމެހިފައި ހުންނަނީ. ހައްދުން ބޭރުވީމަ، ހުދޫދުން ބޭރުވީމަ ލޮކެއްވެސް އެޅުވޭގޮތައް އޮންނަނީ، އަދަބުވެސް ލިބޭގޮތައް." ލަތީފް ވިދާޅުވެފަވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށް: މެމްބަރު ލަތީފް ޚަބަރު | 2 ގަޑިއިރު ކުރިން ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާއި އިނާޔަތް ވެސް މި ސަރުކާރުން ދޭނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޔާމީނަށް ‘’ހުރިހާ މީހަކީ ވެސް ޔާމީން’’: ލަތީފްޚަބަރު | 23 ދުވަސް ކުރިންމިއީ ރައްޔިތުންނަށް އަޅާލާ އިހްސާންތެރި، އޯގާތެރި ސަރުކާރެއް: ލަތީފްޚަބަރު | މަހެއް ކުރިން