logo
ޚަބަރު

ރައީސް މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށް: މެމްބަރު ލަތީފް

އާމިނަތު ޝަފާ
15 ސެޕްޓެމްބަރު 2025 - 06:25
ރައީސް މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށް: މެމްބަރު ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށްކަމަށާއި ރައްޔިތުންގެ ހެވާއި ލާބައަށް އެމަނިކުފާނު އިސްކަންދެއްވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރުވަނީ ރާއްޖެއަކީ އިންތިހާބުތައް ގިނަ އަދި އެ އިންތިހާބުތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑު ގައުމެއްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓަށް ލުއިވާނެކަން ފާހަގަކުރައްވާފައެވެ.

"މިއީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއް. އަޅުގަނޑު ދަންނަވަން އޮތީ ދިވެހިންނަށް ލާބައާއި މަންފާ ހުރި ވެރިކަމެއް ކޮށްދެއްވަނީ ރައީސް މުއިއްޒުއޭ. އެކަން ހަޖަމް ނުވާ ނަޔަކު ތިބީ. އެހެންވިޔަސް މައްސަލައެއްނެތް. އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކޮށްދެވޭނީ". ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު

ރައްޔިތުންގެ މަޖިލީހަކީ ތިމާމެން ބޭނުންހާ ސަކަރާތެއްޖަހަން އަންނަންއޮތްތަނެއްނޫންކަމަށް ވިދާޅުވެ މެމްބަރު ވަނީ އިދިކޮޅު ފަރާތްތަކަށް ވެސް ރައްދުދެއްވާފައެވެ.

ވާހަކަފުޅު ނިންމާލައްވަމުން މެމްބަރު ވިދާޅުވީ މި ބިލުން ދައްކައިދެނީ ރައްޔިތުންގެ އަޑު އަހާނެ ވެރިއަކު މިއަދު ގައުމަށް ލިބިފައިވާކަންކަމަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

 ބިލަށް ތާއިދުކޮށް، ބިލު ފާސްކުރުމަށް 64 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށް: މެމްބަރު ލަތީފް ޚަބަރު | 5 ގަޑިއިރު ކުރިން ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާއި އިނާޔަތް ވެސް މި ސަރުކާރުން ދޭނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޔާމީނަށް ‘’ހުރިހާ މީހަކީ ވެސް ޔާމީން’’: ލަތީފްޚަބަރު | 23 ދުވަސް ކުރިންއޮޅުވާ ނުލައްވާ، ރައީސް ޔާމީނަށް ހުސްގޮޑި ބަހައްޓާކަށް ޕާޓީއަކުން ނާންގާޚަބަރު | 4 މަސް ކުރިން