logo
Bank of Maldives

Bank of Maldives

ޚަބަރު

އޮޅުވާ ނުލައްވާ، ރައީސް ޔާމީނަށް ހުސްގޮޑި ބަހައްޓާކަށް ޕާޓީއަކުން ނާންގާ

އާމިނަތު ޝަފާ
9 މޭ 2025 - 07:03
އޮޅުވާ ނުލައްވާ،  ރައީސް ޔާމީނަށް ހުސްގޮޑި ބަހައްޓާކަށް ޕާޓީއަކުން ނާންގާ

އެންމެ ފުރަތަމަވެސް ކޮންގްރެސް ޕާޓީގެ ޖަލްސާތަކުގައި ހުސް ގޮޑިއެއް ބަހައްޓަން ފެށީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހާއްސަކުރައްވައިގެންކަމަށް ވިދާޅުވާ ވިދާޅުވުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ތަކުރާރުކުރައްވައިފިއެވެ.

މެންދުރުޓީވީގެ ބޮޑު ސައްލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ވަޑައިގެންނެވުމާ ގުޅިގެން އޭރު ޕީޕީއެމްގެ އިސް ސަފުގައި ލީޑަރެއްގެ ރޯލު އަދާކުރައްވަމުން ގެންދެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްކަމަށެވެ. ޕީއެންސީގެ ރައީސްގެ މަގާމުގައި އޭރުގެ ހުންނެވި އަބްދުއްރަހީމަށް ޖަލްސާތަކަށް ވަޑައިގެންނެވެނީ ބައްދަލުވުންތައް ނިންމާފައިކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން ހުސްގޮޑިއެއް އެންމެ ފުރަތަމަވެސް ބަހައްޓަން ފެށީ އެމަނިކުފާނަށް ހާއްސަކުރައްވައިގެންކަމަށް ވިދާޅުވާ ވިދާޅުވުން މެމްބަރު ވަނީ ބޮޑު ސައްލާ ޕްރޮގްރާމުގައި ތަކުރާރުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑަށް ކިހިނެތްތޯ އޭ އެނގެނީ މިކަން . އަޅުގަނޑު މަސައްކަތްކުރީ އެންމެ އެތެރޭގައި. ކޮންމެ ޕާޓީއެއްގައި ސެނެޓެއް އޮންނާނެ. ޕާޓީއަކުން ނުވަތަ ޕާޓީއެއްގެ ސެނެޓަކުންވެސް ނާންގާ ރައީސް ޔަމީނަށް ބަހައްޓާ ގޮޑިއެކޭ އެއީ. އަބަދުވެސް ގޮޑި ބެހެއްޓީ އަބްރަހީމްއަށް ހާއްސަކޮށްގެން. ދެން ފަހުން ސްޕްރީމްކޯޓުން މިނިވަންވެގެން ރައީސް ޔަމީން ވަޑައިގެންނެވީމަ އެމަނުކުފާނަށްވެސް ވަޑައިގެންނެވޭ ރެއަކު ޖަލްސާގައި ބައިވެރިވާން ގޮޑިއެއްް ބަހައްޓަމުން އައީ. ގޮޑި ބެހެއްޓުނު ގޮތާއި އެކަން ބަދަލުވެގެންދިޔަ ގޮތް މި ކިޔާދެނީ. "

ރިޔާސީ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޖަލްސާތަކުގައި ބެހެއްޓިގެންދިޔަ ހުސްގޮޑިއަކީ ރައީސް ޔާމީނަށް ބެހެއްޓުނު ހުސްގޮޑިއެއްކަމަށް ގަބޫލުކުރައްވާކަމަށާއި ރައްޔިތުންނަށް ކިޔާދިނީ ހުސްގޮޑި އެންމެ ފުރަތަމަ ބެހެއްޓެން ފެށުނު ގޮތް ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.

"ރިޔާސީ އިންތިހާބުގެ ތެރޭގައި ބޮޑު އަކުރުން ޔާމީންގެ ނަން އޭރު އިންނާނެ ޖަހާފައި. މިދަންނަވަނީ އެންމެ ފުރަމަ ގޮޑި ބެހެއްޓި ގޮތް. އެއްވެސް މީހަކަށް ނުބުނެވޭނެ މިއީ ވަކި ބަޔަކު އަމުރުކޮށްގެން ބެހެއްޓި ގޮޑިއެކޭ. ބައެއް ރަށްރަށުގައި ރައީސް ޔާމީނަށް ގޮޑި ހުންނާނެ. އަނެއްބައި ރަށްރަށުގައި ގޮޑިއެއް ނުބަހައްޓާ"

މި ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީންގެ ފޮޓޯ ފުޅު ވިއްކައިގެންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރާއިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ކާމިޔާބުވުމުގެ ފަހަތުގައި އޮތީ ނުހަނު ހުތޫރަތްތެރި ހާލަތެއްގައި ނުހަނު އިހުލާސްތެރިކަމާއެކު ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މަޖިލިސް އިންތިހާބުގައި ދައްކާދީފައިވާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒު ވެރިކަން ކޮށްދެއްވަނީ ރައްޔިތުންނަށް: މެމްބަރު ލަތީފް ޚަބަރު | 8 މަސް ކުރިން ނޫސްވެރިންނަށް ބޭނުންވާ ހިމާޔަތާއި އިނާޔަތް ވެސް މި ސަރުކާރުން ދޭނެ: ލަތީފްޚަބަރު | 8 މަސް ކުރިންޔާމީނަށް ‘’ހުރިހާ މީހަކީ ވެސް ޔާމީން’’: ލަތީފްޚަބަރު | 8 މަސް ކުރިންއޮޅުވާ ނުލައްވާ، ރައީސް ޔާމީނަށް ހުސްގޮޑި ބަހައްޓާކަށް ޕާޓީއަކުން ނާންގާޚަބަރު | އަހަރެއް ކުރިން