logo
Bank of Maldives

Bank of Maldives

ޚަބަރު

ކެޓް ޝެލްޓާއަށް ބޭނުންވާ ސާމާނު ހޯދަން ބަޔަކާ ހަވާލުކޮށްފި

އަޙްމަދު ޒަލީފް
26 ސެޕްޓެމްބަރު 2024 - 08:49
ކެޓް ޝެލްޓާއަށް ބޭނުންވާ ސާމާނު ހޯދަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރަމުންދާ ކެޓްޝެލްޓާ އަށް ބޭނުންވާ ސާމާނު ހޯދަން މިއަދު ހަވާލުކޮށްފި އެވެ

މިކަމާގުޅޭ ގޮތުން ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ މަސައްކަތް ހަވާލުކުރީ ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި ހަވާލުކޮށްފައިވަނީ 210,036.61ރ އަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަޝްރޫއުގެ ބޭނުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ބިން ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ޖެހިގެން އައި މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެތަނަށް ބޭނުންވާ ސާމާނު ހޯދަން އެ ކައުންސިލުން އިއުލާނު ކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އެ އިއުލާނުގައި 6 ލިސްޓެއް ހިމެނޭއިރު ސިޓީ ކައުންސިލުން ބުނީ ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޑެޓުން ހަވާލުވެފައިވަނީ ލިސްޓް 2, 3, 4 އަދި 5 ކަމަށެވެ.

ލިސްޓް 1 ގައި ހިމެނެނީ އައިވީ އިންފިއުޝަން ޕަންޕް, ނެބުލައިޒާ, ހީޓިން ޕެޑް, ކައްޓާ, އަންގި, ރޭޒަރު ފަދަ ތަކެއްޗެވެ. އަދި ލިސްޓް 2 ގައި ހިމެނެނީ ސާޖަރީތަކުގައި ބޭނުންކުރާ އަންގި ބެންޑޭޓް, ކަފަ, ސިރިންޖު ފަދަ ތަކެއްޗެވެ.

ލިސްޓް 3 ގައި ކަރަންޓީނު ކުރުމަށް ބޭނުންކުރާ ދެ ވައްތަރެއްގެ ވެޓެރިނަރީ ކޭޖެވެ. އަދި ލިސްޓް 4 ގައި ހިމެނެނީ މައިކްރޮސް ކޯޕާއި ސްޓެތެސްކޯޕެވެ.

ޑަސްޕިން, ވެކިއުމް ކްލީނާ, ދޮންނަ މެޝިން, ފްރިޖު, ކާތަކެތި އަޅާ ތަށި ފަދަ ތަކެތި ހިމެނެނީ ލިސްޓް 5 ގަ އެވެ. އަދި ލިސްޓް 6 ގައި ހިމެނެނީ ބުޅާ ބޭނުންކުރާ ލިޓާ ފޮއްޓެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްގީކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ. އޭގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްގީކުރުމަކީ ރައީސް ޑރ.  މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުޅާތައް ގެއްލޭ މައްސަލަ ބަލަން ފުލުހުންގެ އެހީއަށް އެދެފި ޚަބަރު | 3 މަސް ކުރިންބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރުޚަބަރު | 4 މަސް ކުރިންބުޅަލަށް ސްޕްރޭކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި ޚަބަރު | 9 މަސް ކުރިން"އޮޅު ހިޔާ"ގެ ޚިދުމަތް އަންނަ މަހު ފަށަނީ ޚަބަރު | 10 މަސް ކުރިން