logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅަލަށް ސްޕްރޭކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި

އާމިނަތު ޝަފާ
8 ޑިސެމްބަރު 2024 - 07:23
ބުޅަލަކަށް ނޫ ކުލައިން ސްޕްރޭ ކޮށްފައި
ބުޅަލަކަށް ނޫ ކުލައިން ސްޕްރޭ ކޮށްފައި

މާލޭގެ މޭރީ ބްރައުންއާ ދިމާލު ޕާކިން ޒޯންގައި އުޅޭ ބުޅާތަކަށް ސްޕްރޭ ކޮށްފައިވާތީ ބުޅާތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ -- ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާ އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުޅާތަކަށް ސްޕްރޭ ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް ބުނެފައިވަނީ
މި އަމަލަކީ ބުޅާތަކަށް ގަސްދުގައި އަނިޔާކުރުމުގެ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުންވަނީ ބުޅަލަށް އަނިޔާކުރާ ކަމަށް އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ ރިޕޯޓް ކުރުމަށްވެސް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލާއި ސަރުކާރު ގުޅިގެން ވަނީ ހުޅުމާލޭގައި "އޮޅުހިޔާ"ގެ ނަމުގައި ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހަދައިފައެވެ. މިދިޔަ ހަފުތާގައި އެ ފެސިލިޓީއަށް ބުޅާތައް ގެންދަން އުޅުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާތީ އެ މަސައްކަތް މި ވަގުތަށް ހުއްޓާލަން އަންގައިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުޅާތައް ގެއްލޭ މައްސަލަ ބަލަން ފުލުހުންގެ އެހީއަށް އެދެފި ޚަބަރު | 3 މަސް ކުރިންބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރުޚަބަރު | 4 މަސް ކުރިންބުޅަލަށް ސްޕްރޭކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި ޚަބަރު | 9 މަސް ކުރިން"އޮޅު ހިޔާ"ގެ ޚިދުމަތް އަންނަ މަހު ފަށަނީ ޚަބަރު | 10 މަސް ކުރިން