logo
E-Platinum
ޚަބަރު

ބުޅާތައް ގެއްލޭ މައްސަލަ ބަލަން ފުލުހުންގެ އެހީއަށް އެދެފި

އަޙްމަދު ޒަލީފް
28 ޖޫން 2025 - 09:58
ބުޅާތައް ގެއްލޭ މައްސަލަ ބަލަން ފުލުހުންގެ އެހީއަށް އެދެފި

މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެއްލެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެފިއެވެ.

ފީލައިން ވެލްފެއާއިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ ކަމަށާއި އެކަމަކު މަގުތަކުގައި ބުޅާ މަރުވެފައި ނުވަތަ މަރާލާފައި ހުއްޓާ ވެސް ނުފެންނަ ކަމަށެވެ.

އެފަރާތުން ބުނި ގޮތުގައި ބުޅަލަށް ބަޔަކު ގެއްލުން ދިނަސް ނުވަތަ ވިހައެއްދީފައި ހުއްޓަސް ނުވަތަ ބުޅާ ހޮޑުލާފައި ހުއްޓަސް އާންމުކޮށް ފެންނަން ހުންނާނެ އެވެ. އެކަމަކު މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށް ބުންޏެވެ.

ފުލުހުންނަށް މައްސަލަ ހުށައަޅާފައިވަނީ ތަހުގީގެއް ކުރިއަށް ގެންގޮސް ބަލާ ފާސްކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބާރު ލިބިފައިވަނީ އެ މުއައްސަސާއަށްވުމުންކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މިނިސްޓްރީންދަނީ ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުންކަމަށާއި ރަސްމީ ގޮތުން މިކަން ބަލައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ.

މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާ ކަމަށްވެ އެވެ. ބުޅާތައް މަދުވި ފަހުން، ކުރިން ނާންނަ ބުޅާތަކެއް އެތަނަށްދާ ކަމަށާއި ކާންދޭ ގަޑިއާ ދިމާކޮށް ތިރީހަކަށް ބުޅޭ ގޮސް އުޅޭ ކަމަށްވެއެވެ.

އިންސްޓްރިއަލް ސަރަހައްދުގައި އުޅެނީ، ވިޝަން ބުނި ގޮތުގައި 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރީ މިހާރު އުޅޭނީ ދެތިން ބުޅަލެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުޅާތައް ގެއްލޭ މައްސަލަ ބަލަން ފުލުހުންގެ އެހީއަށް އެދެފި ޚަބަރު | މަހެއް ކުރިންބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރުޚަބަރު | 3 މަސް ކުރިންބުޅަލަށް ސްޕްރޭކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފި ޚަބަރު | 8 މަސް ކުރިން"އޮޅު ހިޔާ"ގެ ޚިދުމަތް އަންނަ މަހު ފަށަނީ ޚަބަރު | 8 މަސް ކުރިން