logo
Bank of Maldives

Bank of Maldives

ޚަބަރު

ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ: ވަޒީރު

އޮޅުހިޔާގައި ގެންގުޅޭ ބުޅަލެއް -- ފޮޓޯ: ރައީސް އޮފީސް
އޮޅުހިޔާގައި ގެންގުޅޭ ބުޅަލެއް -- ފޮޓޯ: ރައީސް އޮފީސް

ބުޅާ ފެސިލިޓީ ހިނގައިގަންނަން ފެށުމުން، އަހަރެއްގެ މައްޗަށް އެތަނަށް 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، މިއަދު އޮތް ރައްުޔިތުންގެ މަޖިލީހުގެ މިދައުރުގެ 31 ވަނަ ޖަލްސާގައި، ހުޅުމާލެ 2 ގައި ހަދާފައިވާ ބުޅާ ފެސިލިޓީއާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ވިދާޅުވީ، އެ ފެސިލިޓީއަށް 2،000 ބުޅާ ގެނެސްގެން ހިންގާނަމަ، މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކަށް 3.4 މިލިއަން ރުފިޔާ ޚަަރަދުވާނެ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެއީ ފެސިލިޓީގެ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ކަމަށާއި އެހެންކަމުން ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ނޮން ރިކަރެންޓް ގޮތުގައި އެ ފެސިލިޓީއަށް 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ،" ވަޒީރު ވިދާޅުވިއެވެ.

Gq4eBmYXUAAJVBt.jpg

 

ބުޅާ ފެސިލިޓީ އެ ވުޒާރާގެ ބެލުމުގެދަށަށް ގެނައިރު، އެތަން ހުރީ ބުޅާތައް ގެންގޮސް ބެލެހެއްޓޭ ޙާލަތެއްގައި ނޫންކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަަމަވެސް މިހާރު އެކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހުއެވެ. މިހާރު އެތަނުގައި 30 ބުޅާ ބަލަހައްޓަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

 

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކުރަން ގޮވާލައި މަގުތަކަށް ނުކުމެއްޖެޚަބަރު | ދުވަހެއް ކުރިން ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް އަބްދުއްރަހީމް އިސްލާމްއާބާދަށްޚަބަރު | 2 ދުވަސް ކުރިން