logo
Bank of Maldives

Bank of Maldives

ކުޅިވަރު

"މުސްކުޅި" ރޮނާލްޑޯގެ ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއް

ޢައްފާން މުޙައްމަދު
7 ސެޕްޓެމްބަރު 2025 - 05:40
"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއް

ބައެއް ފުޓުބޯޅަ ކުޅުންތެރިންގެ ސަޕޯޓަރުން، "މުސްކުޅިވެއްޖެ" ކަމަށާއި "ރިޓަޔަރ" ވާންވީކަމަށް ބުނަމުން އައިކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ލަނޑުތަކަކާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި އަރްމީނިއާ އަތުން ޕޯޗުގަލް ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

އަރްމީނިއާގެ ދަނޑުގައި ކުޅުނު މި މެޗަކީ، ޒުވާން ތަރި ޑިއޭގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވި ފަހުން ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕޯޗުގަލްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ވަނީ އެކި ގޮތްގޮތުން އޭނާއަށް "ޓްރިބިއުޓް" ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ، މުޅި މެޗުހެން ޑޮމިނޭޓުކުރަމުން ދިޔައީ ޕޯޗުގަލް އިންނެވެ.

ޕޯޗުގަލް އިން ވަނީ މެޗުގެ 10 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައެވެ. ޖޮއާއޮ ކެންސެލޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮއާއޯ ފެލިކްސް ފީލިކްސް އެވެ.

އޭގެ 11 މިނެޓުފަހުން ރޮނާލްޑޯ ވަނީ އޭރިއާ ތެރެއަށް ވަރަށް ރަނގަޅަށް ހުސްވެ، ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހެއް ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލާ، ޕޯޗުގަލްއަށް ލީޑުފުޅާކޮށްދީފައެވެ. ޕޯޗުގަލްގެ ތިންވަނަ ލަނޑު، 32 ވަނަ މިނެޓުގައި ޖަހައިދިނީ ކެންސެލޯއެވެ.

މެޗުގައި ރޮނާލްޑޯގެ ދެވަނަ ލަނޑު، ޕޯޗުގަލްގެ ހަތަރުވަނަ ލަނޑަކީ އެތައް ބައެއްގެ ތައުރީފު ލިބުނު މޮޅު ލަނޑެކެވެ. ޑީ އޭރިއާގެ ވެސް ބޭރުން ފޮނުވާލި ބާރު ހަމަލާ ތިން ދަނޑިން އެތެރެކޮށްލައިގެން ރޮނާލްޑޯ ޖެހި މި ލަނޑާއެކު، ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 140 އަށް އަރާފައެވެ. ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އަދި ފުޓުބޯޅައިގެ ދިގު ތާރީޚުގައި، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް އޭނާއެވެ. ރޭގެ ދެލަނޑާއެކު އޭނާ ޖަހާފައިވާ ލަނޑުތަކުގެ އަދަދު ވަނީ 942 އަށް އަރާފައެވެ.

ޕޯޗުގަލް އިން މެޗުގައި ޖެހި ފަހު ލަނޑު، ދެވަނަ ހާފުގައި، މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ފެލިކްސްއެވެ.

މި މެޗުން ޕޯޗުގަލް މޮޅުވިއިރު އެ ޓީމު ހިމެނެނީ ވޯލްޑް ކަޕް ޔޫރަޕިއަން ކޮލިފިކޭޝަންގައި ގްރޫޕް އެފްގައެވެ. ޕޯޗުގަލްއާއި އެއް ގުރޫޕެއްގައި ދެން ހިމެނެނީ އަރްމީނިއާގެ އިތުރުން ހަންގޭރީއާއި އަޔަލެންޑެވެ. މި ގުރޫޕުގެ އެއްވަނައިގައި ޕޯޗުގަލް އޮތްއިރު ފުލުގައި އޮތީ އަރްމީނިއާއެވެ. މި ގުރޫޕުގައި ދެން ހިމެނޭ ހަންގޭރީއާއި އަޔަލެންޑް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޯޗުގަލްއަށް ކުރިއަށް ދެން އޮތީ މި މަހުގެ ނުވަވަނަ ދުވަހު ހަންގޭރީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެއަށްފަހު ޕޯޗުގަލް އިން އަޔަލެންޑާ ދެކޮޅަށް ނުކުންނާނީ 11 ވަނަ ދުވަހުގެރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މުސްކުޅި" ރޮނާލްޑޯއަށް ދެ ލަނޑާއެކު، ޕޯޗުގަލްއަށް ލަނޑު ގޯންޏެއްކުޅިވަރު | 11 ދުވަސް ކުރިންރޮނާލްޑޯ އާއި މެސީ އިންޑިޔާ އަށް! ރޮނާލްޑޯ ދަނޑުމަތިން ފެންނާނެކުޅިވަރު | މަހެއް ކުރިންކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެއްޖެކުޅިވަރު | މަހެއް ކުރިންރޮނާލްޑޯގެ ޝަކުވާތަކަށް ތިންއަހަރުފަހުން ޔުނައިޓެޑުން ޓްރެއިނިންގް ގްރައުންޑް އަޕްގްރޭޑްކޮށް ހުޅުވައިފިކުޅިވަރު | މަހެއް ކުރިން