logo
MPL

MPL

ޚަބަރު

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ޝަހްޒާ މުހައްމަދު
7 ސެޕްޓެމްބަރު 2025 - 05:40
ގދ. ތިނަދޫ
ގދ. ތިނަދޫ

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އިމާރަތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީއިން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާގޮތުގެ އުސޫލު އާންމުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްތަކަށް އެދުމުގެ ފުރުޞަތު މި މަހުގެ 7ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. މި ރޯހައުސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލުގައި ވާގޮތުން މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ތިނަދޫގައި އިމާރާތް ކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމަ ބެހޭ ވުޒާރާގެ ހުއްދަނުހޯދާ ކަމުން އެ އިޢުލާން ބާތިލްކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށްޚަބަރު | ދުވަހެއް ކުރިންއާބާދީ އޮޅުވާލި މައްސަލާގައި ތިނަދޫ މޭޔަރު ސައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިޚަބަރު | 7 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | 8 ދުވަސް ކުރިންހިޔަވަހީ ފައިނޭންސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ލޯނު ހަމަޖައްސައި ދީފިޚަބަރު | 9 ދުވަސް ކުރިން