logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި

ޢައްފާން މުޙައްމަދު
7 ސެޕްޓެމްބަރު 2025 - 06:41
ސިވިލް ސަރވިސް ކޮމިޝަނަށް ތިން ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ، މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325، ޑރ. ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

ސީއެސްސީގައި މި ވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން މި މަހުގެ ތިންވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.

އެެހެންވެ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނާސިހުގެ ނަން ހިމެނޭހެން ހަ ނަމެއް ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނާޞިޙާއި ޑރ. ޙުސައިން ފާއިޒާއި ޑރ. ދީބާ މޫސާ ސީއެސްސީއަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މިހާރު ސީއެސްސީގެ ރައީސްގެ މަގާމުގައި ހުންނެވި ނާސިހު ވަނީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ހާސިލްކުރައްވައި، ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައެވެ.

އެގޮތުން، ބްރޯޑްކޮމްގެ އަމީންއާންމުގެ މަގާމާއި އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަަހަރުގެ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑި ހާމަކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ ޚަބަރު | 5 ގަޑިއިރު ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 2 ދުވަސް ކުރިން8 ބިލިއަނުގެ ތެރޭން 100 ގައި: ދިވެހިންނަށް ބޮޑު ފަޚުރެއް، ޤައުމަށް މަތިވެރި ޝަރަފެއްރިޕޯޓް | 2 ދުވަސް ކުރިން