logo
Bank of Maldives

Bank of Maldives

ދުނިޔެ

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ: ހާތަމީ

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 08:49
 އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ:  ހާތަމީ

އިރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމުގެ ނިޔަތުގައި އިސްރާއީލާއި އެމެރިކާއިން ކުރި ހަނގުރާމައިގައި ހާސިލުވީ ކޮންކަމެއްތޯ ސުވާލު އުފައްދަވާ ހަނގުރާމައިގައި ފަހުންވެސް ދުޝްމަނުންގެ މަގުސަދުތައް ހާސިލުނުވެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަމަށް އިރާނުގެ ސިފައިންގެ އިސްވެރިޔާ މޭޖަރ ޖެނެރަލް ހާތަމީ ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އިރާން-އިސްރާއީލް ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހާތަމީ ވިދާޅުވީ ހަނގުރާމަ ނިމިގެންދިޔައީ އިރާނުގެ ނިއުކްލިއަރ، މިސައިލް އަދި ވައިގެ ދިފާޢީ ގާބިލިއްޔަތުތަކަށް އެއްވެސް ގެއްލުމެއް ނުލިބި، ދުޝްމަނުންގެ ހުރިހާ ރޭވުންތަކެއް ނާކާމިޔާބުވެގެންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުޝްމަނުންގެ މައިގަނޑު މަޤުސަދަކީ އިރާނުގެ ނިއުކްލިއަރ ގާބިލުކަން މުޅިން ނައްތާލުން ކަމަށާއި ނަމަވެސް ދުޝްމަނުންގެ މި އަމާޒަށް ވާސިލުވެވިފައި ނުވާކަން ހާތަމީ ވަނީ ހާމަކުރައްވާފައެވެ.

ހާތަމީ ވިދާޅުވީ ދުޝްމަނުން މަސައްކަތްކުރީ އިރާނުގެ ދިފާޢީ އޮނިގަނޑު ހަލާކުކޮށްލުމަށްޓަކައި ކޮމާންޑަރުން އަވަހާރަކޮށްލުމަށްކަމަށެވެ. ނަމަވެސް އެފަދަ ނާޒުކު ވަގުތުގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެޅުއްވި ހަރުދަނާ އަވަސް ފިޔަވަޅުތަކަކީވެސް ދުޝްމަނުން ނާކާމިޔާބީއާ ކުރިމަތިލީ ސަބަބެއްކަމަށް ހާތަމީ ވިދާޅުވިއެވެ.

12 ދުވަހުގެ ހަނގުރާމައިގައި ދުޝްމަނުން ބޭނުންވި އަނެއްކަމަކީ އިރާނު އަސްކަރިއްޔާގެ މިސައިލް ގާބިލިއްޔަތު ނައްތާލުންކަމަށާއި ނަމަވެސް އެކަންވެސް ނާކާމިޔާބުކޮށްލާފައިވާކަމަށް ހާތަމީ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ މަޝްރޫއު ހުއްޓުވުމަށް ކަމަށް ބުނެ ޔަހޫދީން އިސްވެ އީރާނަށް ހަމަލާދޭން ފެށީ ޖޫން މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ. އެއަށްފަހު ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.

12 ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި އިރު އިރާނުން ބުނަނީ ޔަހޫދީން ހަމަލާއެއް ދީފިނަމަ އަދިވެސް ރައްދު ދޭނެކަމަށެވެ. އަދި ހަނގުރާމައިގެ ނަސްރުވެސް އިރާނުންވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްވަރާކުރާ ވާހަކަ ދޮގުކޮށް، އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފިދުނިޔެ | 3 މަސް ކުރިންއީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުންދުނިޔެ | 3 މަސް ކުރިން"ސެލްފް ޑިފެންސް" އަކީ މިއީބާ؟ އިރާނުގެ 150 އަށްވުރެ ގިނަ ސިއްހީ މަރުކަޒު ބޭނުން ނުކުރެވޭ ހާލަތުގައިދުނިޔެ | 3 މަސް ކުރިންއިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި ޚަބަރު | 9 މަސް ކުރިން