logo
Bank of Maldives

Bank of Maldives

ދުނިޔެ

މަޝްވަރާކުރާ ވާހަކަ ދޮގުކޮށް، އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފި

އިސްމާޢިލް ރާތިޢު
25 މާރިޗު 2026 - 04:39
މަޝްވަރާކުރާ ވާހަކަ ދޮގުކޮށް، އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފި

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަމުންދާކަމުގެ ވާހަކަތައް އީރާނުން ދޮގުކޮށްފައިވަނިކޮށް، ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ދެމުންދާ ޙަމަލާތައް އީރާނުން އިތުރަށް ވަރުގަދަކޮށްފިއެވެ.

އީރާނުގެ އިސްވާރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ އީރާނުން ވަނީ ދޮގުކޮށްފައެވެ.

ޔަހޫދީ ދައުލަތުގެ ބައެއް ވެރިންނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ހަނގުރާމަ ނިމުމަކަށް ގެންނަން ޓްރަމްޕް ބޭނުންފުޅުވިޔަސް، މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްވުން ނާދިރު ކަމަށެވެ.

މަޝްވަރާ ފެށުމުގެ ވާހަކަތައް ދޮގުކުރުމުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އީރާނުގެ ވައިގެ ޙަމަލާތަކުގެ އިންޒާރުތައް ޔަހޫދީ ދައުލަތުގެ ވެރިރަށް ތެލް-އަވީވްގައި ގުގުމައިފައެވެ. އީރާނުން އޮއްސާލި ވަރުގަދަ ޙަމަލާތަކުގައި ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިގޮތުން، ވެއްޓުނު އިމާރާތެއްގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޔަހޫދީންގެ ކަމާގުޅޭ އިދާރާއިން ވަނީ ބުނެފައެވެ.

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމަ މިހާރު މި ވަނީ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައެވެ.

ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގު ބަންދުކުރުމާ ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ޓްރަމްޕް ވަނީ 48 ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފި ނަމަ، އީރާނުގެ ހަކަތައިގެ މަރުކަޒުތައް ސުންނާފަތި ކޮށްލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ނަމަވެސް، އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ލޮޅުމުގެ ސަބަބުން އޭނާ ވަނީ އެ އިންޒާރު ތަންފީޒު ކުރުން ފަސް ދުވަހަށް މަޑުޖައްސައިލުމަށް އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާއަށް އަމުރު ކުރައްވާފައެވެ.

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދީފިނަމަ، ރައްދުގައި މުޅި މެދުއިރުމަތީގެ ހަކަތައިގެ މަރުކަޒުތައް ސުންނާފަތިކޮށްލާނެކަމުގެ އިންޒާރު އީރާނުން ވެސް ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްވަރާކުރާ ވާހަކަ ދޮގުކޮށް، އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންއީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުންދުނިޔެ | 4 ދުވަސް ކުރިން"ސެލްފް ޑިފެންސް" އަކީ މިއީބާ؟ އިރާނުގެ 150 އަށްވުރެ ގިނަ ސިއްހީ މަރުކަޒު ބޭނުން ނުކުރެވޭ ހާލަތުގައިދުނިޔެ | 9 ދުވަސް ކުރިންއިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި ޚަބަރު | 6 މަސް ކުރިން