logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން

އިސްމާޢިލް ރާތިޢު
21 މާރިޗު 2026 - 05:01
އީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން

އެމެރިކާއާ ގުޅިގެން ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ތިން ހަފްތާ ވެފައިވާއިރު، އީރާނުގެ ގެދޮރު ގެއްލުނު މީހުންނާ އެކު އިންސާނީ އެހީއަށް ބޭނުންވެފައިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމުގެ ކަންބޮޑުވުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާޅުކޮށްފިއެވެ.

ނޯވޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، ނޯވީޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުޑަބްލިޔު)ގެ އިސް ވެރިޔާ ޖާން އީޖްލެންޑް ވިދާޅުވި ގޮތުގައި، މިފަދަ ހަނގުރާމަތަކަކީ ސަރަޙައްދީ ގަދަހިފުމެއްގެ ގޮތުގައި ސިފަކުރިނަމަވެސް، އާޚިރުގައި ހުރިހާ ގެއްލުމެއް ލިބެނީ ޢާންމު ރައްޔިތުންނަށެވެ.

މިގޮތުން، ފާއިތުވި ތިން ހަފްތާގެ ތެރޭގައި އީރާނުގައި ތިން މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އީޖްލެންޑް ވިދާޅުވީ، އެންއާރުޑަބްލިޔު އަކީ އީރާނުގައި އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އެއް ޖަމްޢިއްޔާ ކަމަށެވެ. އެކި ސަރަޙައްދުތަކުގައި އަށް މަރުކަޒު ޤާއިމުކޮށް، 100އަށް ވުރެ ގިނަ މުވައްޒަފުންނާއެކު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމްޢިއްޔާއިން ކުރަމުން އަންނައިރު، އެހީ ބޭނުންވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އޭނާ ހާމަކުރެއްވިއެވެ.

ހަނގުރާމައާ ގުޅިގެން ކަނޑާއި ވައިގެ މަގުން ތަކެތި ގެނައުމުގެ ފުރުޞަތު ވެސް އިންތިހާއަށް ހަނިވެފައިވާއިރު، އެހީގެ ސާމާނު އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެހީދޭ ޖަމިއްޔާތަކަށް އެތެރެނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް އީޖްލެންޑް ފާޅުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި ބޮޑެތި ސަހަރުތައް ދޫކޮށް، ކުދި އަވަށްތަކަށް މީހުން ހިޖުރަމުން ކުރަމުންދާ ކަމަށާއި، ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ކުދި އަވަށްތަކުގެ ވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދިނުން އިތުރުވެފައިވާ ކަމަށެވެ.

އަދި ހަނގުރާމަ އިތުރަށް ދިގުލައިގެންދާނަމަ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރައި، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އީރާނުގެ ޢާންމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވާނެކަމަށް އީޖްލެންޑް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް އިންސާނީ އެހީ ބޭނުންވާ މިންވަރު އިތުރުވަމުންދާކަމުގެ ކަންބޮޑުވުންދުނިޔެ | 2 ގަޑިއިރު ކުރިން"ސެލްފް ޑިފެންސް" އަކީ މިއީބާ؟ އިރާނުގެ 150 އަށްވުރެ ގިނަ ސިއްހީ މަރުކަޒު ބޭނުން ނުކުރެވޭ ހާލަތުގައިދުނިޔެ | 5 ދުވަސް ކުރިންއިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި ޚަބަރު | 6 މަސް ކުރިން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ: ހާތަމީދުނިޔެ | 6 މަސް ކުރިން