logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 12:36
އިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި

އިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފިއެވެ.

އިރާނުގެ ޤައުމީ ޓީވީން ގެނެސްދިން ޑޮކިއުމަންޓްރީއެއްގައި އިސްރާއީލުގެ ނިއުކުލިއާ ޕްރޮގްރާމްއާ ގުޅުންހުރި މައުލޫމާތު ހިމެނޭހެން އަސްކަރީ ގިނަ ސިއްރުތަކެއް ވަނީ ފަޅާއަރުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިރާނުގެ އަސްކަރިއްޔާއިން ބުނީ މި ލިޔެކިޔުންތަކުގެ ތެރޭގައި އިސްރާއީލުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢުތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ 189 މީހުންގެ ފުރިހަމަ ނަމާއި، އަމިއްލަ މައުލޫމާތާއި، އެޑްރެހާއި، މަސައްކަތުގެ މައުލޫމާތު ހިމެނޭކަމަށެވެ. އަދި މި މައުލޫމާތުތައް ދިރާސާކުރަމުންދާތީ، މި ލިސްޓު އަދިވެސް އިތުރުވެ ފުޅާވަމުންދާކަމަށް އީރާނުން ބުނެއެވެ.

އިރާނުން ފަޅާއަރުވާލި މައުލޫމާތުތަކުގެ ތެރޭގައި އިރާނާ ދެކޮޅަށް އިސްރާއީލުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ މައްޗަށް މޮސާޑާއި އެމެރިކާއިން ނުފޫޒު ފޯރުވައިގެން އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ މައުލޫމާތުތައް ހޯދިކަން ދައްކުވައިދޭ ލިޔެކިޔުންތައްވެސް ހިމެނެއެވެ.

އިރާނުން ބުނީ މޮސާޑާއި އެމެރިކާއިން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ވަގަށް ނެގި މައުލޫމަތުތައް ބޭނުންކޮށްގެން އިރާނުގެ ބައެއް ނިއުކުލިއާ ސައިޓްތަކަށް ހަމަލާ ދީފައިވާކަމަށެވެ.

އިރާނުން ބުނީ މި ސިއްރުތައް ފަޅާ އަރުވާލުމަށް ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅު އިސްރާއީލުގެ ނިއުކްލިއަރ މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އަސްކަރީ އިދާރާތަކުގެ ބައެއް ވެރިންނާއި ، އަދި އާއްމު ރައްޔިތުންވެސް އެއްބާރުލުން ދީފައިވާކަމަށެވެ.

އިރާނުން ބުނީ އިސްރާއީލުގެ ތެރޭގައިވެސް ނަތަންޔާހޫގެ ކިބައިން ބަދަލުހިފަން ބޭނުންވާ އެތައް ހާސް ބަޔަކު އެބަތިބިކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ އަސްކަރީ ސިއްރުތަކެއް އީރާނުން ފަޅާއަރުވާލައިފި ޚަބަރު | 6 މަސް ކުރިން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ: ހާތަމީދުނިޔެ | 6 މަސް ކުރިން