ކުޅުދުއްފުށި ފައިވްކޭ ކާމިޔާބު ކަމާއެކު ނިންމާލައިފި

7 ސެޕްޓެމްބަރު 2025 - 16:43

ކުޅުދުއްފުށި ރަނާސް އިން އިންތިޒާމް ކުރި ފުރަތަމަ ދުވުން، ކުޅުދުއްފުށި 5ކޭ ދުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ފަޒްލާ ރަޝީދު ޝަރަފްވެރި ކޮށްދެއްވި މި ދުވުން ބޭއްވުނީ ހުކުރު ދުވަހުގެ ހެނދުނުއެވެ.
ރޯޑު ރޭސްތަކުގެ ވައްޓަފާޅީގައި ހިމެނޭ މުހިންމު ގިނަ ކަންކަން އެކުލެވިފައިވާ މި ދުވުމުގައި ހދ، ށ، ހއ ގެ އިތުރުން މާލެއާ އެހެނިހެން ރަށްރަށުން ދުވުންތެރިން ބައިވެރިވެފައިވެއެވެ. ދުވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާމެދު ގިނަ ބައިވެރިން ހިތްހަމަޖެހުން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation
މި ދުވުމުގައި ޖުމުލަ 400 ބައިވެރިން ދުވުން ފުރިހަމަކޮށްފައިވާއިރު، 5 ކިލޯމީޓަރުގެ މައި ދުވުމުގެ އިތުރުން 1.6 ކިލޯމީޓަރުގެ ފަން މައިލް ދުވުމެއްވެސް ބޭއްވުނެވެ.
އަންހެން ކެޓަގަރީގެ ވަނަތައް:
1 ވަނަ: މަރްޔަމް އާޝާ މޫސާ (ބިބް ނަންބަރު 5302)
2 ވަނަ: މަރްޔަމް މިންހާލް މުހައްމަދު (ބިބް ނަންބަރު 5043)
3 ވަނަ: ސާއިލާ އާދަމް (ބިބް ނަންބަރު 5250)
ފިރިހެން ކެޓަގަރީގެ ވަނަތައް:
1 ވަނަ: މުހައްމަދު މިރާސް (ބިބް ނަންބަރު 5300)
2 ވަނަ: މުހައްމަދު ފަސީލް (ބިބް ނަންބަރު 5107)
3 ވަނަ: ހުސައިން މުހައްމަދު (ބިބް ނަންބަރު 5338)